
ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

މުޙައްމަދު ފަޟްލޫން - 28 އޭޕްރީލު 2026 - 15:37
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި، ފުލުހުން ނައްތާލައިފިއެވެ.
މި ހަރަކާތަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލުމާ ގުޅޭ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވައިލާފައިވާ ހާއްސަ ކޮމިޓީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މިފަހަރު ނައްތާލި ތަކެތީގެ ތެރޭގައި 4690 ރަބަރު ޕެކެޓާއި، 2768 ސެލޯފިންކޮޅާއި، 462 ބުލެޓުގެ އިތުރުން 3437 މަނާ ބޭސްގުޅަ ހިމެނެއެވެ.
މީގެ އިތުރުން ފިލްމު ހުސްކުރި 335 ދަޅާއި އެހެނިހެން 1809 އައިޓަމެއް ނައްތާލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހަރަކާތުގައި ނޫސްވެރިންނާއި، އާންމުކޮށް ހުޅުވާލި ފުރުސަތުގައި ނަންނޯޓުކުރި އާންމު ރައްޔިތުންވެސް ބައިވެރިވެފައިވެއެވެ.
ފުލުހުން ބުނީ އުސޫލަށް ގެނެވުނު ބަދަލާއެކު، ތަހުގީގަށް ބޭނުންވާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި މިހާރު ވީއެންމެ އަވަހަކަށް ނައްތާލަމުންދާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ނޫސް ރަޖިސްޓްރީ ކުރުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު އާއްމުކޮށްފި
2 ގަޑިއިރު ކުރިން

އީޝާގެ ޕާސްޕޯޓް ހިފަހައްޓައިފި
2 ގަޑިއިރު ކުރިން

ރައްޔިތުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް މިސަރުކާރުން ހައްލުކުރާނެ: ހެލްތު މިނިސްޓަރ ގީލާ އަލީ
3 ގަޑިއިރު ކުރިން

ރައީސް ޑރ މުއިއްޒު އަންނަ މަހު 3 ވަނަ ދުވަހު ސްރީލަންކާއަށް ވަަޑައިގަންނަވަނީ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)