logo

އީޝާގެ ޕާސްޕޯޓް ހިފަހައްޓައިފި

profile

މުޙައްމަދު ފަޟްލޫން - 28 އޭޕްރީލު 2026 - 15:37

އަދަދު ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން، އީޝާ އަޝްރަފްގެ ޕާސްޕޯޓް ފުލުހުން ހިފަހައްޓައިފިއެވެ. މި ވީޑިއޯ ރިޕޯޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، ރައީސް ވަނީ އެ ހުރިހާ ވާހަކަތަކެއް ކަނޑައެޅިގެން ދޮގުކުރައްވާފައެވެ.

https://wamco.com.mv/

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަދަދު ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ ޑޮކިއުމެންޓްރީގައި ހިމެނެނީ އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށެވެ.

އަދި މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

28 މާރިޗު 2026 ގައި އަދަދު އޮންލައިންގެ އެކްސް އެކައުންޓުން އާންމުކުރި މި ވީޑިއޯއާ ގުޅިގެން ތުހުމަތު ކުރެވެނީ، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ޤަޛްފުކޮށް، ދޮގު މަޢުލޫމާތު ފަތުރާފައިވާ ކަމަށެވެ.

މި މައްސަލައިގައި އީޝާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ އާއި، އޭނާ ރާއްޖެއިން ފުރައިގެން ގޮސްދާނެ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާތީ، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް މިހާރު ވަނީ ހިފަހައްޓާފައެވެ.

ފުލުހުން ރޭ ވަނީ އަދަދު ނޫސް ހިންގަމުންދާ އޮފީސް ބަލައި ފާސްކޮށް ބައެއް އިލެކްޓްރޯނިކް ޑިވައިސްތައް ގެންގޮސްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk