logo

ރައީސް ޑރ މުއިއްޒު އަންނަ މަހު 3 ވަނަ ދުވަހު ސްރީލަންކާއަށް ވަަޑައިގަންނަވަނީ

profile

މުޙައްމަދު ފަޟްލޫން - 28 އޭޕްރީލު 2026 - 14:46

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު އަންނަ މޭ މަހުގެ 3 ވަނަ ދުވަހު ފެއްޓެވުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

https://wamco.com.mv/

ސްރީލަންކާގެ ރައީސް އަނުރާ ކުމަރަ ޑިސަނަޔަކޭގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅު މޭ މަހުގެ 3 އިން 5 އަށް ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ލަންކާގެ ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ރުހުން ދީފައެވެ. އޭގެ ތެރޭގައި ހިމެނޭ މުހިންމު ދާއިރާތަކަކީ:

ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، މުވައްޒަފުން ބަދަލުކުރުމުގެ އިތުރުން ދިފާއީ ދާއިރާއިން ދިރާސާތައް ކުރުމާ ގުޅޭ އެއްބަސްވުން.

ޓީޗަރުންނާއި ސްކޫލްތަކުގެ އިސްވެރިން ތަމްރީނުކުރުމަށް ދެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީގެ ދެމެދުގައި ވެވޭ އެއްބަސްވުން.

ރާއްޖޭގެ ހެލްތް މިނިސްޓްރީއާއި، ލަންކާގެ ފެމިލީ އެންޑް ވެލްފެއާ އަދި ޔުނިވާސިޓީ އޮފް ކޮލަމްބޯ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުން.

ދެ ގައުމުގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކޮށް ކުރިއެރުވުމަށް ވެވޭ އެއްބަސްވުން.

ރައީސުލްޖުމްހޫރިއްޔާ ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން އެންމެ ފުރަތަމަ ރިޕޯޓްކުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް ދަތުރުފުޅުގެ ތާރީހުތައް ރަސްމީކޮށް ހާމަކޮށްފައިވަނީ މިއަދުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk