
ނޫސްވެރިކަމުގައި އަހްލާގީ މިންގަނޑުތައް އެއްފަރާތްކޮށްފިނަމަ ދޮގު މައުލޫމާތު އާއްމުވެދާނެ: ނައިބު ރައީސް

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 09:40
ނޫސްވެރިކަމުގައި އަހްލާގީ މިންގަނޑުތައް އެއްފަރާތްކޮށްފިނަމަ ދޮގު މައުލޫމާތު އާއްމުވެދާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ނޫސްވެރިކަމުގައި އަހްލާގީ މިންގަނޑުތައް އެއްފަރާތްކޮށްފިނަމަ، ދޮގު މައުލޫމާތު އާންމުވެ، ގެއްލުންދެނިވި ކަންކަން އިތުރުވެ، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރީންނަށް ބަރޯސާވާ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެން ހިނގައިދާނޭކަމަށެވެ.
އަހްލާގީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމުން، މައުލޫމާތުގެ ފެންވަރާއި ސައްހަކަން ކަށަވަރުކޮށްދީ، ދެފުށްފެންނަ އަދި ޖަވާބުދާރީވެވޭ އުސޫލުތައް ކުރިއަރުވައި، ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓަން ޖެހޭނޭކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިތުރުކޮށް، ނޫސްވެރިކަމުގެ މައިގަނޑު މަބްދައުތައް ނެގެހެއްޓުމުގެ މަތީގައި ދެމިތިބުމަށް، ނައިބު ރައީސް ވަނީ ހުރިހާ ނޫސްވެރިންނަށް ގޮވާލައްވާފައެވެ.
ނައިބު ރައީސް މިފަދައިން ގޮވާލައްވާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ބެހޭ ގޮތުން އޮންލައިން ނޫހަކުން ހަގީގަތާއި ހިލާފް ވާހަކަތައް އެކުލެވޭ ވީޑިއޯ ޑޮކިއުމެންޓްރީ އެއް އާއްމުކޮށް އެމައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނީ ސައީދު
ގަޑިއިރެއް ކުރިން

މިއަހަރު ހައްޖަށްދާ މީހުންނަށް ފޮއްޓާއި ކިޓް ހަައްޖު ކޯޕަރޭޝަނުން ހަވާލްކުރަން ފަށައިފި
ގަޑިއިރެއް ކުރިން

ޕާޓީ ބަދަލުކުރުން މަޖިލިސް މެމްބަރު ކަމުގެ ގޮނޑިގެެއްލޭނެ ކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅައިފި
2 ގަޑިއިރު ކުރިން

ވިސާ އާއި ނުލާ 90 ދުވަހު އަޒަރުބައިޖާނަށް ދިވެހިންނަށް ދަތުރުކުރެވޭގޮތް ހަދައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)