logo

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން ފަށައިފި

profile

ރިޟްވާން މޫސާ - 20 ޖުލައި 2026 - 11:31

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ފެށުމަށް ބޭނުންވާ ޚިޔާލު ހޯދުމުގެ ބައްދަލުވުން ފަށައިފިއެވެ.

https://wamco.com.mv/

މި ބައްދަލުވުމަކީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީހުން ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދަތައް ދިރުވައި އާލާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއީ ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް ދެއްވާ އިސްކަމުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމީ ތަރިކަ އާޢި ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ބައްދަލުވުން ފައްޓަވައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދުއެވެ.

ބައްދަލުވުން ފައްޓަވައިދެއްވައި ފަންނާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ކުރިއަށްގެންދާނީ މުޅި މުޖުތަމަޢުގެ އެންމެންގެ ޚިޔާލާއި މަޝްވަރާގެ ތެރެއިން ކަމަށެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރާ ރިވެތި އާދަތަކުގެ ބައެއްކަން ބޭރުގެ އެކި ފަރާތްތަކުން ލިޔެކިޔުންތަކުން އެނގެން ހުރިނަމަވެސް ފަހަކަށް އައިސް އެ ރިވެތި އާދަތައް ނެތެމުންދާކަން ފާހަގަ ކުރައްވައި ހީނާ ވިދާޅުވީ މި މަޝްރޫއުގެ ބޭނުމަކީ އެ އާދަތައް އަލުން އަނބުރާ ދިވެހި މުޖުތަމަޢުގައި އަށަގެނެވުން ކަމަށެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަދުގެ ސަރުކާރު އައުމާ ހަމައަށް ދިވެހިންގެ އައިޑެންޓެންޓިޓީ ގެއްލުމަކާ ހަމައަށް އައިސްފައިއޮތްކަަން ފާހަގަކުރައްވާފައެވެ.

ނަމަވެސް މިސަރުކާރުން ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަން ދީގެން މަސައްކަތްތަކެއް ފެށިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތާރީޚް ދިރާސާކޮށް ސަޤާފީކަންކަން އާލާކުރުމަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk