
މާލޭ މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު: އާޒިމް

ރިޟްވާން މޫސާ - 20 ޖުލައި 2026 - 11:38
މާލެ ސިޓީގެ މަގުތަކުގެ ޖާގައަށް ބަލާއިރު، މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު ކަމަށާއި، ތޮއްޖެހުން ކުޑަކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމާއި ކާރިސާތަކުން ސަލާމަތްވުމުގެ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި "ކޮންސަލްޓޭޝަން ވަރކްޝޮޕް އޮން ޑީކޮންޖެސްޝަން އެންޑް ޑިޒާސްޓަރ ރެޒިލިއަންސް" ގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މާލެއަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ އާބާދީ ބޮޑު އެއް ސިޓީއަށް ވާއިރު، މި ސިޓީއަށް ދިމާވެފައިވަނީ ގޮންޖެހުން ބޮޑު މައްސަލަތަކެއް ކަމަށެވެ.
މި މަސައްކަތު ބައްދަލުވުމަކީ މާލެ ސަރަހައްދުގައި އޮތް ތޮއްޖެހުމުގެ މައްސަލައާއި ކާރިސާތަކުގެ ނުރައްކަލާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކާއި، ފަންނީ މާހިރުންނާއި، އަމިއްލަ ސެކްޓަރުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ހައްލު ހޯދުމަށް ބާއްވާ ބައްދަލުވުމެކެވެ.
މާލޭގެ މަގުތަކާއި އާންމު ހުސްޖާގަތަކަށް ބާރުބޮޑުވެފައިވަނީ އިގްތިސާދީ ހަރަކާތްތަކާއި މީހުންގެ ދަތުރުފަތުރު އިތުރުވުމުގެ ސަބަބުން ކަމަށާއި، މީގެ ސަބަބުން އާންމު ސިއްހަތަށާއި ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މާލެ ސިޓީގެ މަގުތަކުގެ ޖާގައަށް ބަލާއިރު، މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު ކަމަށާއި، ތޮއްޖެހުން ކުޑަކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް އާޒިމް ވިދާޅުވި އެވެ.
ގުޅުން ހުރި ޙަބަރުތައް

ލާމަރުކަޒީ ނިޒާމުގެ އަސާސަކީ ރައްޔިތުންގެ ކިބައިން ބާރުތައް ނިގުޅައިގަތުމެއް ނޫން: އާޒިމް
5 ގަޑިއިރު ކުރިން

ހިޒްބުﷲގެ ހަތިޔާރުތައް އަތުލައި ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް އެމެރިކާއިން ލުބުނާނަށް ގޮވާލައިފި
11 ގަޑިއިރު ކުރިން

ކައިވެންޏާއި، ބައްޕައަކަށްވުމާއި ގުޅޭގޮތުން ސަލްމާން ޚާން އޭނާގެ ޝުޢޫރުތައް ހާމަކޮށްފި
18 ގަޑިއިރު ކުރިން
.webp&w=3840&q=75)
ސައުދީ-އިރާގުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން މަޝްވަރާކުރައްވައިފި
ދުވަހެއް ކުރިން


