
ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އަދި ފިލްމީ އުފެއްދުންތެރިޔާ ކަރަން ޖޯހަރް، އޭނާގެ މަގުބޫލު ޝޯ "ކޮފީ ވިތް ކަރަން" ގެ ނުވަވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑްގެ ތެރެއިން
ކައިވެންޏާއި، ބައްޕައަކަށްވުމާއި ގުޅޭގޮތުން ސަލްމާން ޚާން އޭނާގެ ޝުޢޫރުތައް ހާމަކޮށްފި

އާމިނަތު ޝަޒްލާ - 16 އޮކްޓޯބަރު 2026 - 05:41
ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން، އޭނާ މިހާތަނަށް ކައިވެންޏެއް ނުކޮށް ހުރި ސަބަބާއި، ކޮންމެވެސް ދުވަހަކުން ބައްޕައަކަށް ވުމަށް ކުރާ އުންމީދުތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކައިފިއެވެ.
ފިލްމީ އުފެއްދުންތެރިޔާ ކަރަން ޖޯހަރްގެ މަގުބޫލު ޝޯ "ކޮފީ ވިތް ކަރަން" ގެ ނުވަވަނަ ސީޒަނުގައި ބައިވެރިވެ ވާހަކަދައްކަމުން، ސަލްމާން ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ގުޅުންތައް އާންމުންނަށް ސިއްރުކޮށްގެން ގެންގުޅެން ބޭނުންވާ ސަބަބުތައްވެސް ތަފްސީލުކޮށްދީފައެވެ.
ސަލްމާން ޚާން އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭ މައުލޫމާތުތަކެއް ހިއްސާކުރުމާ ގުޅިގެން، ބޮލީވުޑްގައި އަނެއްކާވެސް އޭނާގެ ވާހަކަ ގަދައަށް ދެކެވޭން ފަށައިފައިވާއިރު، އޮކްޓޯބަރު 14 ގައި ދައްކަން ފެށި 'ކޮފީ ވިތު ކަރަން' ސީޒަން ނުވައެއްގެ ފުރަތަމަ އެޕިސޯޑުގައި، ކައިވެންޏާއި، ގުޅުންތަކާއި އަދި ކުރިމަގަށް ކުރާ އުންމީދުތަކާ ބެހޭގޮތުން ސަލްމާން ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދައްކާފައެވެ.
ކައިވެނިނުކޮށް ހުރުމަށް ނިންމި ނިންމުމާ ބެހޭގޮތުން ސުވާލުކުރުމުން، ސަލްމާން ސާފުކޮށްދިން ގޮތުގައި އެއީ މުޅިންވެސް އޭނާގެ އަމިއްލަ އިޚްތިޔާރުގައި ނިންމި ނިންމުމެކެވެ. އޭނާ ކައިވެނިކުރުން އެއްވެސް މީހަކު ހުރަސްއަޅާފައި ނުވާކަމަށާއި، އޭނާގެ އެ ނިންމުމާ މެދު ހިތްހަމަޖެހޭކަމަށް ސަލްމާން ބުންޏެވެ.
މި ޕްރޮގްރާމުގައި ސަލްމާން ޚާން މީގެ ކުރިން ބައިވެރިވިއިރު، އޭނާއަކީ އަދިވެސް "ވާޖިން" އެއް ކަމަށް ބުނެ ދެއްކި މަޝްހޫރު ވާހަކައަށް މިފަހަރުގެ ބައްދަލުވުމުގައި ވެސް ވަނީ އަލިއަޅުވާލާފައެވެ.
ސަލްމާން ސާފުކޮށްދިން ގޮތުގައި، އެއީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ގުޅުންތަކާ ބެހޭގޮތުން ކުރިމަތިވާ ސުވާލުތަކުން ރެކުމަށްޓަކައި ބޭނުންކުރި އުކުޅެކެވެ. އޭނާގެ ބައްޕަ، މަޝްހޫރު ސްކްރީން ރައިޓަރު ސަލީމް ޚާން ދިން ނަސޭހަތާ އެއްގޮތަށް، އަމިއްލަ ދިރިއުޅުމުގެ ކަންކަމަކީ އާންމުންގެ ތެރޭގައި ބަހުސްކުރެވޭ މައުލޫއަކަށް ނުހެދުމަށް ޒުވާން އުމުރުގައި އޭނާ ނިންމި ކަމަށް ސަލްމާން ބުންޏެވެ.

މީގެ އިތުރުން، ލޯބީގެ ގުޅުންތަކާއި އެކަމުގައި ހުންނަ ނޭނގޭ ކަންތައްތަކާ ބެހޭގޮތުން ވާހަކަދައްކަމުން، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންގެ ވާހަކަ އާންމުކޮށް ހާމަކުރަން ބޭނުންނުވާ ސަބަބު ވެސް ސަލްމާން ކިޔައިދިނެވެ. މި ފާޅުކަން ބޮޑު ވާހަކަތަކުގެ ސަބަބުން، ހިންދީ ސިނަމާގެ އެންމެ މަޝްހޫރު އެއް ތަރީގެ އަމިއްލަ ދިރިއުޅުމުގެ ފަލްސަފާ ހުރިގޮތް ބަލާލުމުގެ ނާދިރު ފުރުސަތެއް ބެލުންތެރިންނަށް ލިބިގެންދިޔައެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތަރިންގެ ތެރޭގައި އަދިވެސް ސަލްމާން ހިމެނޭއިރު، ދެން އެންމެ އަވަހަށް އޭނާ ފެންނާނެ ކަމަށް ބެލެވެނީ އަޕޫރްވާ ލަކިއާ ޑައިރެކްޓްކުރާ "މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް" އިންނެވެ.
ސަލްމާންގެ މި އިންޓަވިއުގެ ސަބަބުން، އޭނާގެ ކައިވެންޏާއި، އާއިލާއާ މެދު ދެކޭގޮތާއި، އަދި ދިރިއުޅުމުގެ ބައެއް ކަންކަން ސިއްރުގެ ގޮތުގައި ބެހެއްޓުމުގެ މުހިންމުކަމާ މެދު ސަޕޯޓަރުންގެ ޝައުގުވެރިކަން ވަނީ އަލުން އިތުރުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހިޒްބުﷲގެ ހަތިޔާރުތައް އަތުލައި ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް އެމެރިކާއިން ލުބުނާނަށް ގޮވާލައިފި
3 ގަޑިއިރު ކުރިން
.webp&w=3840&q=75)
ސައުދީ-އިރާގުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން މަޝްވަރާކުރައްވައިފި
ދުވަހެއް ކުރިން

ގައުމިއްޔަތު ވިއްކައިގެން ވެރިކަމަށް ވަޑައިގެން ގައުމު ވިއްކައެއް ނުލެވޭނެ: ރައީސް ނަޝީދު
ދުވަހެއް ކުރިން

ދިވެހީން އަނދަވަޅަކަށް ވައްޓާލައިފި، ވިޔަފާރިވެރިންނަށް ތާށިވެއްޖެ: ރައީސް ނަޝީދު
ދުވަހެއް ކުރިން


