logo
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ގައުމިއްޔަތު ވިއްކައިގެން ވެރިކަމަށް ވަޑައިގެން ގައުމު ވިއްކައެއް ނުލެވޭނެ: ރައީސް ނަޝީދު

profile

މުޙައްމަދު ފަޟްލޫން - 15 އޮކްޓޯބަރު 2026 - 08:07

ގައުމިއްޔަތު ވިއްކަވައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރުގެ މުނާފިގުކަން ވަކިން ބޮޑުވެ އެކަމުގެ ސިފަތައް ފެންނަން ފަށާފައިވާ ކަމަށެވެ.

ރައީސް ޑރ މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ގައުމީ ދިދަ އާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަތަކުގެ މަތިން ރައީސް ނަޝީދު ވަނީ ހަނދުމަފުޅު އައު ކުރައްވާފައެވެ.

ވެރިކަމަށް ވަޑައިގެން މިހިރަ ދިދަ އާއޭ މިހިރަ ވެލިފުކާއޭ ބާވަތްބާވަތުގެ ވާހަކަތައް ދައްކައި އަޅުގަނޑުމެން ގަޅަހައްދަމުން ގެންދިޔައީ. ރާއްޖޭގެ ރައްޔިތުން ގާތުގައި ބުނީ ތިމަންނާނެ އެކަނިއޭ މިހިނގަނީ ދިވެހިލޭ. ދެންތިބީ ހުސް ފަރަންޖީންނޭ. ކާފަރުންނޭ، ލާދިނީ މީހުންނޭ. އެމްޑީޕީ މީހުންނޭ.

ވެރިކަމުގެ ހުވާ ރައީސް މުއިއްޒު ކުރެއްވި ދުވަހު ދިދަ އާއި ދިމާލަށް އެނބުރި ހުންނަވައި އެތައް ވާހަކައެއް ދެއްކެވުމުން އެދުވަހު އެމަނިކުފާނުގެ ބުއްދި ފިލައި ގޮސްފައިވާ ކަމަށް ހީފުޅުކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އީގަލްސް ހިލްސްގެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައިވާތީ އެކަމަށް މިސަރުކާރަށް ފާޑު ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުގެ މުނާފިގު ކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކަންކަން ހާމަކޮށް ބަޔާންކޮށްދޭންޖެހޭކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކުރާކަމެއް ކުރާނަމަ އެކަމެއްގެ ވާހަކަ ސާދާކޮށް ބުނަންޖެހޭނެ ކަމަށެވެ.

ރައްޔިތުންނަށް އޮޅުވައި ނުލެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުން ގާތުގައި ތިމަންނަ ވެރިކަމަށް މިއަންނަނީ ދިދައަށް ބޮސްދޭށޭ، ގައުމިއްޔަތަށޭ، ކާންދޭނީވެސް ގައުމިއްޔަތޭ، ދެން އެހެންކިޔާފައި ވަޑައިގެނެއް ގައުމު ވިއްކައެއް ނުލެވޭނެ

އެމްޑީޕީ އިން ކަމެއް ކުރާއިރު އެކަމެއް ކުރަނީ ވަރަށް ސާފުކޮށް ރައްޔިތުންނަށް ކިޔައިދިނުމަށްފަހުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެކަމުގައި ދެފުށް ފެންނަ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރަސްމާލޭގެ އެއްބަސްވުމަކީ ކޮބައި ކަމަކާއި ރައްޔިތުންގެ މަޖިލީހަށް އެކަމުގެ އެއްވެސް ތަފްސީލެއް ނޭނގޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީ އިންވެސް ވަނީ ރަސްމާލޭގެ އެއްބަސްވުން ސަރުކާރުން ހާމަ ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319