logo

ފެނަކަ އެމްޑީކަމުން ވަކިކުރި އަފީފް ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 15 އޮކްޓޯބަރު 2026 - 08:20

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރ ކަމުގެ މަގާމަށް އައްޔަނުކޮށްފިއެވެ.

https://wamco.com.mv/

އަފީފް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުން ވަކިކުރީ އިއްޔެއެވެ.

އަފީފް ފެނަކަ އިން ވަކިކޮށްފައިވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން އެކުންފުނި އުވާލައި އެކުންފުނިން ކުރަމުންދިޔަ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުން އައި އަސާސީ ހިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމުގެ މަރުހަލާގެ ދަށުން، ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގެ އޮޕަރޭޝަންތައް މިހާރު ވަނީ ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކޮށްފައެވެ. އަދި ބާކީ ހުރި ރަށްތަކުގެ މަސައްކަތްތައް ވެސް ސްޓެލްކޯގެ ދަށަށް ގެނައުމުގެ ތައްޔާރީތައް ސަރުކާރުން ދަނީ މިހާރު ކުރަމުންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ރީސްޓްރަކްޗަރކޮށް، މުވައްޒަފުން ރައިޓް ސައިޒް ކުރުމުގެ ނަމުގައި ވަޒީފާއިން ވަކިކުރާ ބައެއް މުވައްޒަފުންނަށް، 24 ގަޑިއިރު ވެސް ނުވަނީސް ކުރީގެ ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ މަގާމުތައް ހަމަޖައްސައިދެމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.

މިގޮތަށް ކަންކަން ހިނގަމުންދާނަމަ، ކުންފުނިތަކުގެ ހަރަދު ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށްޓަކައި ގެންގުޅޭ ކަމަށް ބުނާ ސިޔާސަތުގެ އިހްލާސްތެރި ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

https://wamco.com.mv/
tel:+9607331319