
ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމަކީ، ބޭރުފައިސާ ހިފެއްޓޭނެ ކަމެއް: ރައީސް

މުޙައްމަދު ފަޟްލޫން - 15 އޮކްޓޯބަރު 2026 - 06:47
ދަނޑުވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކުރުމަކީ، ރާއްޖެއިން ބޭރުވާ ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ އައު ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސް ގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ،ދަނޑުވެރިކަމުގެ ދުވަހަކީ ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިގްތިސާދު ސިންދަފާތު ކުރުމަށްޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރަމުންދާ މުހިންމު ދައުރުގެ އަގު ވަޒަންކޮށްދޭ މުނާސަބަތެއް ކަމަށެވެ.
ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި އުސޫލުތައް ބޭނުންކޮށްގެން އަމިއްލަ ފަސްގަނޑުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އުފެއްދުމަކީ، ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލާ ސީދާ ގުޅިފައިވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ބައިނަލްއަގްވާމީ ދަތުރުފަތުރަށް ދިމާވާ ގޮންޖެހުންތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރުމުގެ މުހިންމުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދަނޑުވެރިކަން ކުރިއެރުވުމަކީ ރާއްޖޭގެ އިގްތިސާދުން ބޭރު ފައިސާ ހޭދަވާ މިންވަރު މަދުކުރެވި، އަތޮޅުތަކުގެ ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތައް، ރާއްޖެއިން ބޭރުން އެތެރެކުރަން ނުޖެހޭ މިންވަރަށް މި ފަސްގަނޑުގައި ހައްދައި، ދެމެހެއްޓެނިވި ގޮތެއްގައި ބާޒާރަށް ނެރެވޭނެ ފަހި މަގުތަކެއް ތަނަވަސްކޮށްދިނުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، ދަނޑުވެރިންނާއި ދަނޑުވެރި ޢާއިލާތަކާއި ދަނޑުވެރިކަމުގެ ސިނާއަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ރައީސް ވަނީ ފޮނުއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެއްޗާ ދެކޮޅަށް ޅ. އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި 3 މީހަކު ހައްޔަރަށް!
11 ގަޑިއިރު ކުރިން

ފުލުހުންގެ ކޮމިޝަންޑް ރޭންކުތަކަށް ދާ އޮފިސަރުންގެ ކިބައިން ޤާބިލު ލީޑަރޝިޕާއި ތަފާތު ފެންނަންޖެހޭ: ސީޕީ
11 ގަޑިއިރު ކުރިން

މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި
11 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
އައްޑޫގެ ދަތުރުފަތުރުގެ އޮނިގަނޑު އެކުލަވައިލުމުގެ ކޮންސަލްޓެންސީއަށް އަލުން ފުރުސަތު ހުޅުވާލައިފި
11 ގަޑިއިރު ކުރިން


