
ސްރީލަންކާގެ ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ އަރިހަށް ޒިޔާރަތްކުރައްވައިފި

މުޙައްމަދު ފަޟްލޫން - 04 މޭ 2026 - 08:19
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތު، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެއްގޮތް އުސޫލުތަކާއި، ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ. ހަމަމިއާއިއެކު ދެ ޤައުމުގެ ލާބައާއި މަންފާއަށް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި ދެމިތިއްބަވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުންވެސް އަރުވިއެވެ.
މީގެ އިތުރުން، ތަރައްގީގެ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި، ޚާއްޞަކޮށް ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިކަން އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މިހިނގާ މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
މާލޭގެ މަގުތައް ސާރވޭ ޑިޒައިން ކުރުމުގެ މަސައްކަތް މެއި މަހުގެ ތެރޭގައި ކުރިއަށްދާނެ: ވަޒީރު މުއްތަލިބު
2 ގަޑިއިރު ކުރިން

ވިލިމާލޭގައި ހުރި ފުނަގަސްތައް ކެނޑުމުގެ ވިސްނުމެއް އެއްވެސް އިރަކު ނުގެންގުޅެން: ވަޒީރު ޑރ މުއްތަލިބު
2 ގަޑިއިރު ކުރިން
ގައުމީ ދާރުލް އާސާރު ކޮންމެ ހޮނިހިރު ދުވަހަކު ހުޅުވަން ނިންމައިފި
2 ގަޑިއިރު ކުރިން

ސަލްޓަންޕާކް މަރާމާތު ކުރުމުގެ މަސައްކަތް ހިނގާ ވަގުތުތަކުގައި ބަންދުވާނެ: ހައުސިންގ މިނިސްޓްރީ
16 ގަޑިއިރު ކުރިން


.gif&w=3840&q=75)