logo

މާލޭގެ މަގުތައް ސާރވޭ ޑިޒައިން ކުރުމުގެ މަސައްކަތް މެއި މަހުގެ ތެރޭގައި ކުރިއަށްދާނެ: ވަޒީރު މުއްތަލިބު

profile

މުޙައްމަދު ފަޟްލޫން - 04 މޭ 2026 - 08:19

މާލޭގެ މަގުތައް ސާރވޭ ޑިޒައިން ސާރވޭ ކުރުމުގެ މަސައްކަތް ކުރަން މި މަހުގެ ތެރޭގައި ޓީމެެއް ރާއްޖެ އަންނާނެ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަދާހަމަ މައުލޫމާތު ހޯދަން މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީސްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތީ ސާރވޭގެ ޑިޒައިންގެ މަސައްކަތް ނިމި ޓެންޑަރ ކުރާނެ ބަޔަކު ހޮވާފައިވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތާއި ގުޅިގެން ޓީމެއް މި މެއި މަހު ރާއްޖެ އައުމަށް ހަމަޖެހިފައިވަ ކަމަށެވެ.

ސަރވޭ ޑިޒައިން މަސައްކަތް ނިމުމަށްފަހު އަނެއްކާވެސް އެ ޑިޒައިން ފައިނަލް ވުމާއެކު ޗައިނާއިން ކޮންޓްރެކްޓަރެއް ހޮވުމުގެ މަސައްކަތް ފަށާނެ ކަަމަށް ވަޒީރު ވިދާޅުވިއެވެ.

ޗައިނާ އިން ކޮންޓްރެކްޓަރަކު ހޮވުމަށްފަހު މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ މަސައްކަތް ފެށިގެންދާނެ ކަަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk