logo

ވިލިމާލޭގައި ހުރި ފުނަގަސްތައް ކެނޑުމުގެ ވިސްނުމެއް އެއްވެސް އިރަކު ނުގެންގުޅެން: ވަޒީރު ޑރ މުއްތަލިބު

profile

މުޙައްމަދު ފަޟްލޫން - 04 މޭ 2026 - 08:17

ވިލިމާލޭގައި ހުރި ފުނަގަސްތައް ކެނޑުމުގެ ވިސްނުމެއް އެއްވެސް އިރަކު ނުގެންގުޅުއްވާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މަޖިލީހުގައި މެމްބަރުންގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ވިލިމާލޭގައި ހުރި ފުނަގަސްތައް ނުވަތަ ފުނަ ގަސް ކެނޑުމުގެ ޕްލޭނެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށެވެ.

ވިލިމާލޭގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ބީއެމްއެލް އާއި ހަވާލްކޮށްގެން ތަރައްގީ ކުރަން ނިންމާފައިވާ ފްލެޓްތަކުގެ ތެރޭގައި ހިމެނޭ 3 ޓަވަރުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާއިރު 3 ވަނަ ޓަވަރު އަޅަން ކަނޑައެޅުނު ތަނުގައި އެ ސަރަހައްދުގައި ހުރި ބައެއް ގަސްތަކުގެ ތެރެއިން ބައެއް ގަސްގަހުގެ ގޮފިތައް މީގެ ކުރިން ކަނޑާލަން ޖެހިގެން އެގޮތަށް ނިންމެވި ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ގަސްތައް ކަނޑަން ނިންމުމާއި އެކު އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވިލިމާލޭގައި ހުރި ފުނަވަލެއް މިސަރުކާރުން ހަލާކު ކުރާކަމަށާއި އެތަނުން ގަސް ނުކަނޑާ ވާނެ ގޮތެއް ހަދައިދިނުމަށް އެދުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއު މިސަރުކާރުން ހިންގަން އަޅާ ފްލެޓްތަކުގައި ހިމެނޭ އެއް ޓަވަރު އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެބަދަލު ގެނައުމުން މިހާރު ވިލިމާލޭގައި އިމާރާތްކޮށްގެން ނުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭގެ ގެތަކުގައި ތޮއްޖެހުމުގެ މައްސަލަ ބޮޑުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މާލޭގައި ހުރި ގެތަކުގެ ހާލަތު ބޭރުތެރެއަށްވުރެ ގޯސް ކަމަށެވެ.

މާލެ އަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ބޯހިޔާވަހިކަމަށް މާލެ ސަރަހައްދުން ބިންތައް ދޫކޮށް ހުސްކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ބޯހިޔާވަހިކަން ދޭން މާލެ ސަރަހައްދުން ލިބެން ހުރި ހުރިހާ ބިންތަކެއް ގޯތީގެ ގޮތުގައި ރައްޔިތުންނަށް ދީފައި ވުމުގެ ސަބަބުން މިސަރުކާރަށް ފްލެޓް އަޅާނެ ބިންތަކެއް ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް 3 ގައި އިމާރާތް ކުރެވޭނީ 14 ބުރިއަށް ކަމަށް ދާދިފަހުން ސިވިލް އޭވިއޭޝަނުން އަންގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ކޮންމެ ޓަވަރަކުން 3 ބުރި އުނިކޮށް އިތުރަށް ބިން ހޯދަންޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަމާއި ހަވާލްވި އިރު ފްލެޓް އަޅާނެ މާ ގިނަ ބިންތަކެއް ނެތް ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ފްލެޓް އަޅަން މިސަރުކާރަށް ބޭނުންކުރެވެން ހުރީ ވަރަށް މަދު ބިންތަކެއް ކަމަށެވެ. އެހެންކަމުން ފްލެޓް އެޅެން އޮތް މިންވަރަކުން އެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ވަަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk