ގައުމީ ދާރުލް އާސާރު ކޮންމެ ހޮނިހިރު ދުވަހަކު ހުޅުވަން ނިންމައިފި

މުޙައްމަދު ފަޟްލޫން - 04 މޭ 2026 - 08:17
ގައުމީ ދާރުލްއާސާރު ކޮންމެ ހޮނިހިރު ދުވަހަކު ޢާންމުންނަށް ހުޅުވާލުމަށް ނިންމައިފިއެވެ.
ފަންނާއި ސަގާފަތާއި ތަރިކަ އާއި ބެހޭ ވުޒާރާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ވަޒީރު ހީނާ ވަލީދު ވިދާޅުވީ ގައުމީ ދާރުލް އާސާރު ހުޅުވާފައި ހުންނަ ވަގުތު އިތުރުކުރަން އާއްމުންގެ ތެރެއިން ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ. އެހެންކަމުން، މި ހިނގާ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށް ދާރުލްއާސާރު ހުޅުވާފައި ހުންނާނެއެވެ.
މީގެ އިތުރުން، ރޭގަނޑުގެ ވަގުތުތަކުގައި ވެސް ދާރުލްއާސާރު ހުޅުވުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޤައުމީ ދާރުލްއާސާރަކީ ކިޔަވާކުދިންނާއި، ޢާންމު ރައްޔިތުންގެ އިތުރުން ފަތުރުވެރިންގެ މެދުގައި ވެސް މަޤުބޫލު ތަނަކަށް ވުމާއެކު، މި ގެނެވުނު ބަދަލުގެ ސަބަބުން އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސްރީލަންކާގެ ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ އަރިހަށް ޒިޔާރަތްކުރައްވައިފި
2 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
މާލޭގެ މަގުތައް ސާރވޭ ޑިޒައިން ކުރުމުގެ މަސައްކަތް މެއި މަހުގެ ތެރޭގައި ކުރިއަށްދާނެ: ވަޒީރު މުއްތަލިބު
2 ގަޑިއިރު ކުރިން

ވިލިމާލޭގައި ހުރި ފުނަގަސްތައް ކެނޑުމުގެ ވިސްނުމެއް އެއްވެސް އިރަކު ނުގެންގުޅެން: ވަޒީރު ޑރ މުއްތަލިބު
2 ގަޑިއިރު ކުރިން

ސަލްޓަންޕާކް މަރާމާތު ކުރުމުގެ މަސައްކަތް ހިނގާ ވަގުތުތަކުގައި ބަންދުވާނެ: ހައުސިންގ މިނިސްޓްރީ
16 ގަޑިއިރު ކުރިން


.gif&w=3840&q=75)