
މީގެ ކުރިން ހިނގާފައިވާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްގެން ގެންދަނީ
ގްރޫޕް މާރާމާރީއެއްގައި 4 މީހަކަށް އަނިޔާވެގެން ފަރުވާ ދެނީ

ރިޟްވާން މޫސާ - 11 ޖުލައި 2026 - 08:00
ދެ ގްރޫޕެއްގެ ދެމެދުމުގައި ހިނގި މާރާމާރީއެއްގައި 4 މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ވިލިމާލެ، ކަނދޮޅުމާގޯޅީގަައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލަ 2026 ޖުލައި 10 ވަނަ ދުވަހުގެ މެންދުރު 03:12 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި 4 މީހަކަށް އަނިޔާވެފައިވާ ކަމަށާ އެ 4 މީހުންނަށް ވެސް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އަނިޔާވެގެން ހޮސްޕިޓަލް އަށް ގެންގޮސްފައި ވަނީ 18 އަހަރު، 27 އަހަރު، 31 އަހަރު އަދި 22 އަހަރުގެ ދިވެހި 4 ފިރިހެނުން ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންފާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ރާއްޖެ އިން ގޭންގުތައް ނައްތާލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ނޮވެމްބަރު މަހު އިއުލާނު ކުރައްވާފަ އެވެ. އެހެން ނަމަވެސް ގޭންގު ހަދައިގެން މާރާމާރީ ހިންގަން އުޅުނު މައްސަލަތަކުގައި މީހުން ހައްޔަރު ކުރެވެމުންދާ ކަން ފާހަގަކުރެވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ޓްރަމްޕް މަރާލައިފާނެ ކަމުގެ ބިރަށް 1000 މިސައިލް ތައްޔާރީ ހާލަތައް ގެނެސްފި!
2 ގަޑިއިރު ކުރިން

ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް
2 ގަޑިއިރު ކުރިން

ސްޕެއިންގެ ރޯވި އަލިފާނުގެ ތެރެއިން ސަލާމަތްވާން އުޅުމުގެ ތެރޭގައި އެތައް ބަޔަކު ގެއްލިއްޖެ!
2 ގަޑިއިރު ކުރިން

"އެމެރިކާ-އީރާން" ސުލްހަ ގާއިމު ކުރެވިދާނެ ކަމަށް ގަބޫލު ކުރަން: ޓްރަމްޕް
3 ގަޑިއިރު ކުރިން


.gif&w=3840&q=75)