logo

"އެމެރިކާ-އީރާން" ސުލްހަ ގާއިމު ކުރެވިދާނެ ކަމަށް ގަބޫލު ކުރަން: ޓްރަމްޕް

profile

ރިޟްވާން މޫސާ - 11 ޖުލައި 2026 - 07:31

އީރާނާއި އެމެރިކާގެ ދެމެދުގައި ހިނގަމުންދާ ސުލްހައިގެ މަޝްވަރާތަކުގައި ސުލްހަ ގާއިމުކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމެރިކާއިން ހާމަކޮށްފި އެވެ.

https://wamco.com.mv/

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، މި ހަފުތާގައި ދެ ގައުމުގެ ދެމެދުގައި ހަމަނުޖެހުންތައް އިތުރުވެފައިވީ ނަމަވެސް، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެމެރިކާ އާއި އީރާނުން ވަނީ އެއްބަސްވެފައެވެ.

ނަމަވެސް، މިދިޔަ މަހު ދެ ފަރާތުގެ ދެމެދުގައި ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް އެމަނިކުފާނު އިއުލާނު ކުރެއްވިއެވެ.

މީގެ އިތުރުން، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ބާރުއަޅައި އެމެރިކާގެ ފަރާތުން ހުކުރު ދުވަހު ވަނީ ޑިމާންޑްތައް ވަރުގަދަކޮށްފައެވެ.

އެ ސަރަހައްދުގައި ފަހަކަށް އައިސް ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ތެލުގެ އަގު ވަނީ އުފުލިފައެވެ.

މިއީ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް އިންތިޚާބާ ދިމާކޮށް ޓްރަމްޕަށް ސިޔާސީ ގޮތުން ނުހަނު ނާޒުކު މައްސަލައެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk