logo

ސްޕެއިންގެ ރޯވި އަލިފާނުގެ ތެރެއިން ސަލާމަތްވާން އުޅުމުގެ ތެރޭގައި އެތައް ބަޔަކު ގެއްލިއްޖެ!

profile

ރިޟްވާން މޫސާ - 11 ޖުލައި 2026 - 08:00

ސްޕެއިންގެ ރޯވި އަލިފާނުގެ ތެރެއިން ސަލާމަތްވާން އުޅުމުގެ ތެރޭގައި 12 މީހުން މަރުވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފައިވާއިރު މިހާދިސާގައި ސަލާމަތް ވުމަށް ފިލަން ގޮސްފައިވާ މީހުން ނުފެނި އެތަކެއް ބަޔަކު ގެއްލިފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.

https://wamco.com.mv/

ރޮއިޓާސް އިން ރިޕޯރޓް ކޮށްފައިވާ ގޮތުގައި އިއްޔެ ހިނގި މި އަލިފާނުގެ ހާދިސާގައި މިހާތަނަށް 12 މީހަކު މަރުވެފައިވެ އެވެ. އަދި މި ހާދިސާ އިން ސަލާމަތް ވުމަށް ފިލަން ދިޔަ މީހުންގެ ތެރެއިން އެތަކެއް ބަޔަކު ގެއްލިގެން ރިޕޯރޓް ކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

މިއީ އެ ގައުމުގެ ތާރީޚުގައިވެސް ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާއަށް ވާއިރު، ފަޔަރު ފައިޓަރުން ދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އަދިވެސް މަސައްކަތް ކުރަމުންނެވެ.

ރޮއިޓާސް އިން ހާމަކޮށްފައިވާ ގޮތުގައި އަންދަލޫސިއާ ސަރަހައްދުގެ އިމަޖެންސީގެ ވެރިޔާ އެންޓޯނިއޯ ސާންޒް ވިދާޅުވި ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސްޕެއިންގެ އެކަކެވެ. ބާކީ 11 މީހުންނަކީ ވެސް އެގައުމަށް ނިސްބަތް ނުވާ ރައްޔިތުން ކަމަށެވެ.

މީގެ އިތުރުން މިހާދިސާގައި ފިލަން ގޮސްގެން ގެއްލިފައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވެސް ސްޕެއިން އަށް ނިސްބަތްނުވާ މީހުން ކަމަށް ފާހަގަކޮށްފައި ވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk