
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ
ޑޮލަރު ނެތް މީހުންގެ ރަތްބޮކި ހުރީ ދިއްލިފަ: ރައީސް ނަޝީދު

ރިޟްވާން މޫސާ - 10 ޖުލައި 2026 - 14:01
ޑޮލަރުގެ މައްސަލަ އަށް ސަރުކާރުން ހައްލު ނުކުރެވުނު ކަމަށާއި، ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ ބޭނުމަށް ބޭނުން ޖެހިފައި ތިބި މީހުން ވެސް ރަތްބޮކި ދިއްލިފައި އެބަ ތިބި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނާއި، ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވެލެއްވީ ގައުމުގައި ވެސް ޑޮލަރެއް ނެތް ކަމަށާއި، ގައުމީ ބޭންކް ބެންކް އޮފް މޯލްޑިވްސްގައި ވެސް ޑޮލަރެއް ނެތް ކަމަށެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެލައްވަމުން މަޖާޒީ ގޮތެއްގައި ރައީސް ނަޝީދު ވިދާޅުވެލެއްވީ ޑޮލަރު ލިބުން ދަތިވެފައިވާ ކަމަށާއި، ޑޮލަރުގެ ބޭނުންމަށް ޖެހިފައި ތިބި އެތަކެއް ރައްޔިތުންނެއް މިވަގުތު "ރަތް ބޮކި ދިއްލިފައި އެބަތިބި" ކަމަށެވެ.
ޑޮލަރުގެ މައްސަލަ އާއި ގުޅޭގޮތުން އެމްޑީޕީން ވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިމަހުގެ 12 ވަނަ ދުވަހު ޕެނަލް ޑިސްކަޝަން އެއް ބޭއްވުމަށްވެސް ނިންމާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރަކުން ބޭރުގެ އެއްވެސް ގައުމަކުން ޑޮލަރެއް ނުހޯދުނު ކަމަށާއި، އެއްވެސް ތަނަކުން ބޭރުފައިސާ އެއްވެސް ނުގަނެވުނު ކަމަށެވެ.
އަދި ވިދާޅުވީ މި ސަރުކާރުން ބޮންޑެއް ވިއްކައިގެން ވިޔަސް އަދި ލުއި ލޯނެއް ނަގައިގެން ވިޔަސް އަދި އެހެން ގޮތަކުން ވިޔަސް މި ސަރުކާރަށް ޑޮލަރެއް އަދި ބޭރު ފައިސާ އެއްވެސް ނުހޯދުނު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ބޭރުގެ ގައުމަކުން އެހީއެއް ލިބުނު ކަމުގައި ވިޔަސް އެކަމެއް ފެންނަން ނެތް ކަމަށާއި، އާންމްދަނީގެ ހާލަތު ދަށްވެފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޑޮލަރު ހޯދުމަކަށް އަދި ޑޮލަރުގެ މައްސަލަ އަށް ހައްލެއް ހޯދުމަކަށް މި ސަރުކާރުގެ އެއްވެސް ގާބިލްކަމެއް ނެތް ކަމަށެވެ.
ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާ އަށް ބޮޑުވަމުން އަންނަ ކަމަށާއި، ބައެއް ބޭފުޅުން ޑޮލަރެއްގެ އަގު 21 ރުފިޔާ އަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ފާހަގަކޮށްފައި ވާކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ޑޮލަރުގެ އަގު އެމަނިކުފާނަށް އަންދާޒާ ކުރެވެނީ 23 ރުފިޔާ އަށް އަރާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ވިލިމާލެ ކޮންކްރީޓް ޖަންގައްޔަކަށް ވިޔަނުދީ ހިފެހެއްޓުން މުހިއްމު: ރައީސް ނަޝީދު
4 ގަޑިއިރު ކުރިން

ސްޕެއިންގެ ރޯވި އަލިފާނުގެ ތެރެއިން ސަލާމަތްވާން އުޅުމުގެ ތެރޭގައި 12 މީހުން މަރުވެއްޖެ!
4 ގަޑިއިރު ކުރިން

މަރުގެ އަދަބު ތަންފީޒުކުރުމަށް މިހާރު އަޅުގަނޑު ދެކޮޅު: ރައީސް ޔާމީން
6 ގަޑިއިރު ކުރިން

ޚާމަނާއީގެ ހަށިކޮޅު، މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގައި ފަސްދާނުލައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)