
ޚާމަނާއީގެ ހަށިކޮޅު، މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގައި ފަސްދާނުލައިފި

އާމިނަތު ޝަޒްލާ - 10 ޖުލައި 2026 - 11:37
އެމެރިކާ އާއި އިސްރާއީލުން ގުޅިގެން މިއަހަރުގެ ފެބްރުއަރީ 28 ގައި އީރާނުގެ ރިޔާސީ ގަނޑުވަރަށް ދިން ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލި އެ ގައުމުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ހަށިކޮޅު، އެމަނިކުފާނުގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގައި ފަސްދާނުލައިފިއެވެ.
ޚާމަނާއީ އަވަހާރަވިތާ ހަތަރު މަސް ފަހުން ބޭއްވި މި ޖަނާޒާގެ ރަސްމިއްޔާތުތައް ކުރިއަށް ގެންގޮސްފައިވަނީ އީރާނާއި އިރާގުގެ އެކި ސިޓީތަކުގައި ހަފުތާއެއް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ބޮޑެތި ހިނގާލުންތަކަށް ފަހުގައެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޚާމަނާއީގެ ޖަނާޒާގެ ކަންކަން އެންމެ ފުރަތަމަ ތާވަލުކުރީ މާޗް މަހަށެވެ. ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު އުފެދުނު ހަނގުރާމައިގެ ހާލަތާ ގުޅިގެން ޖަނާޒާ ބޭއްވުން ފަސްކުރަން ޖެހުނީއެވެ.
ޚާމަނާއީ ފަސްދާނުލުމަށް ވަސިއްޔަތް ކުރައްވާފައިވަނީ ޝީއީންގެ އަށްވަނަ އިމާމްގެ މަގުބަރާ ހިމެނޭ އިމާމް ރިޒާގެ މުގައްދަސް ބިނާގައެވެ. 657 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ފެތުރިފައިވާ މި ބިނާއަކީ ޖާގައިގެ ގޮތުން ބަލާއިރު ދުނިޔޭގެ އެންމެ ބޮޑު އެއް މިސްކިތް ކަމުގައިވާއިރު، މިއީ އަހަރަކު 30 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާ އީރާނުގެ އެންމެ ފާހަގަކޮށްލެވޭ ދީނީ މަރުކަޒެވެ.

ޖަނާޒާގެ ރަސްމީ ހަރަކާތްތައް ހޮނިހިރު ދުވަހު ތެހެރާންގެ ގްރޭންޑް މުސައްލާގައި ފެށުމަށްފަހު، ހޯމަ ދުވަހު ވަނީ ތެހެރާންގެ މަގުތަކުގައި 10 ކިލޯމީޓަރުގެ ދިގު ހިނގާލުމެއް ބާއްވައި، ހަށިކޮޅު އާޒާދީ މައިދާނަށް ގެންގޮސްފައެވެ. 1971 ވަނަ އަހަރު ބިނާކުރި 45 މީޓަރު އުސް އާޒާދީ ޓަވަރު ހުންނަ މި މައިދާނަކީ 1979 ގެ އިންގިލާބަށްފަހު އީރާނުގެ ތާރީޚީ ބޮޑެތި އެއްވުންތައް ބާއްވަމުން އަންނަ މުހިންމު ބިނާއެކެވެ.
އީރާނުގެ ރަސްމީ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، 50،000 އަކަމީޓަރުގެ ބޮޑުމިން ހުންނަ އާޒާދީ މައިދާނާއި ތެހެރާންގެ މަގުތަކުގައި ބޭއްވި ހިނގާލުމުގައި އެކަނިވެސް 12 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. އަދި މުޅި ޖަނާޒާގެ އެކި ހަރަކާތްތަކުގައި ޖުމްލަ 15 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އަންދާޒާކުރެވެއެވެ.
ބުރާސްފަތި ދުވަހު މަޝްހަދުގައި ބޭއްވި އެންމެ ފަހުގެ ހިނގާލުމުގައި މީހުން ގިނަވުމުގެ ސަބަބުން، ޚާމަނާއީގެ ހަށިކޮޅު އުފުލި އުޅަނދަށް ކުރިއަށް ނުދެވިގެން، އިމާމް ރިޒާގެ މަގުބަރާއަށް ހަށިކޮޅު ގެންދިޔައީ ހެލިކޮޕްޓަރެއްގައެވެ.
ގުޅުން ހުރި ޙަބަރުތައް

ވިލިމާލެ ކޮންކްރީޓް ޖަންގައްޔަކަށް ވިޔަނުދީ ހިފެހެއްޓުން މުހިއްމު: ރައީސް ނަޝީދު
4 ގަޑިއިރު ކުރިން

ސްޕެއިންގެ ރޯވި އަލިފާނުގެ ތެރެއިން ސަލާމަތްވާން އުޅުމުގެ ތެރޭގައި 12 މީހުން މަރުވެއްޖެ!
4 ގަޑިއިރު ކުރިން

ޑޮލަރު ނެތް މީހުންގެ ރަތްބޮކި ހުރީ ދިއްލިފަ: ރައީސް ނަޝީދު
4 ގަޑިއިރު ކުރިން

މަރުގެ އަދަބު ތަންފީޒުކުރުމަށް މިހާރު އަޅުގަނޑު ދެކޮޅު: ރައީސް ޔާމީން
6 ގަޑިއިރު ކުރިން


.gif&w=3840&q=75)