
މަރުގެ އަދަބު ތަންފީޒުކުރުމަށް މިހާރު އަޅުގަނޑު ދެކޮޅު: ރައީސް ޔާމީން

އާމިނަތު ޝަޒްލާ - 10 ޖުލައި 2026 - 11:39
މަރުގެ އަދަބު ތަންފީޒުކުރުމަށް މިހާރު ދެކޮޅުކަމަށް ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުއް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެ މަނިކުފާނުގެ ޕާޓީ، ޕީއެންއެފުން ސިލްސިލާކޮށް ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ، ރާއްޖޭގައި މިހާރު ތިބި ފަނޑިޔާރުންގެ އަދުލުވެރިކަމެއް ނެތް ކަމަށާއި، އެހެންކަމުން މަރުގެ ހުކުމް ކުރުމަށް އެ ފަނޑިޔާރުންނާ ހަވާލުކުރަން 'ހެޔޮނުވާނެ' ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މަރުގެ ހުކުމް ތަންފީޒު ކުރެއްވުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، މިދިޔަ މާރިޗު މަހުގެ ފަހުކޮޅު ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަނީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ޓަކައި، އެކަމަށް ޚާއްސަ ގާނޫނެއް އެކުލަވައިލުމަށް ޓަކައި ބަންޑާރަ ނައިބުގެ އޮފީހުން ޚާއްސަ ބިލެއް ޑްރާފްޓުކުރުމުގެ މަސައްކަތް އެބަކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މަގާމު ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ނުރައްކާތެރި ނިންމުމެއް ކަމަށް ވިދާޅުވެ އެކަމަށް ވެސް ފާޑުވިދާޅުފައެވެ.
މަޖިލީހުގެ މެންބަރުންނަކީ ގާނޫނު ނަގަހައްޓައި، އާންމު މަސްލަހަތު ހިމާޔަތް ކުރަންޖެހޭ ބަޔެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމި ގޮތުން މެންބަރުން ހިމާޔަތް ކުރަންޖެހޭނީ އެމީހެއްގެ ޕާޓީ ކަމަށް ޔާމީން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ވިލިމާލެ ކޮންކްރީޓް ޖަންގައްޔަކަށް ވިޔަނުދީ ހިފެހެއްޓުން މުހިއްމު: ރައީސް ނަޝީދު
4 ގަޑިއިރު ކުރިން

ސްޕެއިންގެ ރޯވި އަލިފާނުގެ ތެރެއިން ސަލާމަތްވާން އުޅުމުގެ ތެރޭގައި 12 މީހުން މަރުވެއްޖެ!
4 ގަޑިއިރު ކުރިން

ޑޮލަރު ނެތް މީހުންގެ ރަތްބޮކި ހުރީ ދިއްލިފަ: ރައީސް ނަޝީދު
4 ގަޑިއިރު ކުރިން

ޚާމަނާއީގެ ހަށިކޮޅު، މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގައި ފަސްދާނުލައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)