
ވިލިމާލެ ކޮންކްރީޓް ޖަންގައްޔަކަށް ވިޔަނުދީ ހިފެހެއްޓުން މުހިއްމު: ރައީސް ނަޝީދު

ރިޟްވާން މޫސާ - 10 ޖުލައި 2026 - 14:07
ވިލިމާލެއަކީ އޭގެ ގުދުރަތީ ރީތިކަމާއި، ފެހިކަމާއި، އަދި އަމާން މާހައުލު ހިމާޔަތްކުރެވިފައިވާ ރަށެއްގެ ގޮތުގައި ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު އަޑުއުފުލަން ފަށައިފި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެކްސް ގައި ކުރެއްވެވި ޕޯސްޓްގައި ވިދާޅުވެލެއްވީ ތިލަމާލެ ބްރިޖްގެ މަޝްރޫއާއެކު މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، ވިލިމާލެއަށް އަތުވެދާނެ ބަދަލުތަކާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން އެބަހުއްޓެވެ.

އެމަނިކުފާނު ވިދާޅުވީ މިކަމާ ގުޅޭގޮތުން ޚިޔާލުފާޅުކުރި ބައެއް އާންމުން ފާހަގަކުރި ގޮތުގައި، ބްރިޖުން ރަށްތައް ގުޅާލެވުނު ނަމަވެސް، ވިލިމާލޭގައި އުސް ކޮންކްރީޓް އިމާރާތްތައް ބިނާކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
މާލެއާ ޚިލާފަށް ވިލިމާލެއަކީ މިހާރުވެސް ކޮންކްރީޓް ޖަންގައްޔަކަށް ނުވެ، ގުދުރަތީ ސިފަތައް ހިފެހެއްޓިފައިވާ ހަމައެކަނި ރަށަށް ވުމުން، އެ ރަށުގެ ޚާއްޞަވަންތަކަން ހިމާޔަތްކުރުން މާ މުހިއްމެވެ.

"ބްރިޖުން ގުޅާލުމަކީ ދަތުރުފަތުރަށް ލިބޭނެ ފަސޭހައެއް. އެކަމަކު އޭގެ މާނައަކީ ވިލިމާލެވެސް މާލެ ފަދައިން އުސް އިމާރާތްތަކުން ފުރާލުމެއް ނޫން. ގުޅީފަޅާއި ތިލަފުށި ފަދަ ސަރަހައްދުތަކަކީ އެފަދަ އުމްރާނީ ތަރައްގީއަށް އެކަށީގެންވާ ތަންތަން ކަމަށް ވިޔަސް، ވިލިމާލޭގެ ފެހިކަން ނައްތާލައިގެން ނުވާނެ،" އާންމުންގެ މީހަކު ކަންބޮޑުވުން ފާޅުކުރަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ވިލިމާލެއަކީ ތިމާވެއްޓާ ރައްޓެހި، ހިނގާފައި އުޅެވޭ އަދި އާންމު ދަތުރުފަތުރުގެ ގޮތުގައި ބެޓެރީ ސައިކަލާއި ގާޑިޔާ ފަދަ ވަސީލަތްތައް ބޭނުންކުރާ ރަށެކެވެ. ރަށުގެ އެތެރޭގެ މަގުތައް ފުރިފައިވަނީ ބޮޑެތި ގަސްތަކުން ލިބިދޭ ފިނިކަމާއި ފެހިކަމުންނެވެ. އިންޖީނުލީ އުޅަނދުތައް މަދުވުމަކީ މި އަމާންކަމުގެ އަސްލެވެ.
އެހެންކަމުން، ބްރިޖުގެ ސަބަބުން ރަށުގެ އަސްލު ގެއްލި، ތިމާވެށީގެ ނާޒުކުކަމަށް ބުރޫއަރާފާނެތީ، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ވިލިމާލޭގެ މާހައުލު ރައްކާތެރިކުރުމަށް ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ކައުންސިލްތަކުގެ ބާރުވެރިކަމަށް ބޮޑު ހޭދައެއް: 9 މަސް ދުވަހުގެ ތެރޭގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފި
11 ގަޑިއިރު ކުރިން

ސައުދީ އަރަބިއްޔާގެ އެއަރޕޯޓްތަކަށް ހޫތީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
11 ގަޑިއިރު ކުރިން

މަސްތުވާތަކެއްޗާއެކު މަޝްހޫރު 3 ފިލްމު ސްޓާރުން ވިލިމާލެއިން ހައްޔަރުކޮށްފި
11 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫއުގައި ސޮއިކުރީ ގަވައިދާ ޙިލާފަށް، އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ކުރި ކަމެއް: ޑރ ޝަމްހީދު
16 ގަޑިއިރު ކުރިން


