
މަސްތުވާތަކެއްޗާއެކު މަޝްހޫރު 3 ފިލްމު ސްޓާރުން ވިލިމާލެއިން ހައްޔަރުކޮށްފި

ޖިނާން ޙުސައިން ޖަބީން - 08 އޮކްޓޯބަރު 2026 - 12:01
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ވިލިމާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލިމާލެއިން ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި މަސައްކަތްކުރާ މަޝްހޫރު ތިން ފިލްމީ ތަރިން ވެސް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ވިލިމާލޭގައި އެންޓި-ނާކޮޓިކްސް ޑިޕާޓްމަންޓުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދިވެހި ހަތަރު ފިރިހެނުން ކަމަށެވެ. އަދި އޭގެ ތެރޭގައި ފިލްމީ ދާއިރާގައި މަސައްކަތްކުރާ މަޝްހޫރު ތިން ފަންނާނުން ހިމެނޭ ކަމަށް ވެސް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ) އާއި މުހައްމަދު ވިޝާލް (ރޯމަން) ގެ އިތުރުން އިސްމާއިލް ޖުނައިހެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަން އަދިވެސް އެ ސަރަހައްދުގައި ދަނީ ކުރިއަށެވެ. އެގޮތުން ހައްޔަރުކުރި މީހުން ބަލައި ފާސްކުރުމުގެ އިތުރުން، އެ މީހުން ތިބި ސަރަހައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.
މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާތީ، އެ މީހުން އަތުލައިގަތީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ކަމެއް އަދި އެ މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވޭތޯ ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

"ތިލަމާލެ ބުރިޖް" މިވަގުތު ކުރިއަށްދަނީ ފިނިޝިންގ ގެ މަސައްކަތް
13 ދުވަސް ކުރިން

އަމާން ހިޔާގެ މަސައްކަތް މި މަހު ނިންމަނީ
2 މަސް ކުރިން

ވިލިމާލެ ކޮންކްރީޓް ޖަންގައްޔަކަށް ވިޔަނުދީ ހިފެހެއްޓުން މުހިއްމު: ރައީސް ނަޝީދު
3 މަސް ކުރިން
ވޭތުވެދިޔަ 15 އަހަރުވެސް ވިލިމާލެއަށް އޮތީ އިހުމާލުވެފަ: މުޙައްމަދު އިސްމާއީލް
4 މަސް ކުރިން


