
ހުޅުމާލޭގައި ހުންނަ ކްރިމިނަލް ކޯޓު---
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ: އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފި

ޖިނާން ޙުސައިން ޖަބީން - 22 ނޮވެމްބަރު 2026 - 09:44
ސިނާމާލެ ބްރިޖު ހައިވޭގައި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ކޯޓުން ބަންދުން ދޫކޮށްލައިފިއެވެ.
މިދިޔަ އޮކްޓޯބަރު މަހު ހިނގި މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ޖުމްލަ ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލުސް އޮފިސަރުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ކަމަށް ތުހުމަތުކުރެވޭ ހދ. ކުޅުދުއްފުށި، އުއްދަޑިމާގެ، އުމުރުން 20 އަހަރުގެ އަބްދުﷲ ސައްމާހް ހަސަން ސޯދިގާއި، އެ ސައިކަލުގެ ފަހަތުގައި އިން ކ. ގާފަރު، މަލަ، އުމުރުން 30 އަހަރުގެ އަހްމަދު ސިނާޒްގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި ފަހުން ހައްޔަރުކުރި 21 އަހަރުގެ ދިވެހި ދެ ޒުވާނުންނެވެ. ފުލުހުން ބުނި ގޮތުގައި މި ހަތަރު މީހުންގެ ކުޑަކަމުދާ ތަކެތީގެ ޓެސްޓްތަކުގެ ނަތީޖާއިން ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ.
މި މައްސަލައިގައި ކޯޓުން ނިންމާފައިވަނީ ސައިކަލު ދުއްވަން އިން ސައްމާހް ފިޔަވައި ދެން ތިބި ތިން މީހުން، ރަށުން ބޭރަށް ނުދިއުމަށް ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލުމަށެވެ. އަދި ސައްމާހްގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރު 15 ދުވަހަށް ދަމަހައްޓާފައެވެ.
މި ހާދިސާ ހިނގާފައިވަނީ ބްރިޖު ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި، ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހުއްޓުވުމަށް ފުލުހުން ޖަހާފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދަތުރުކުރި އެ ސައިކަލު ވަނީ ޗެކްޕޮއިންޓުގައި ބަހައްޓާފައި ހުރި ބެރިކޭޑު ފަޅާލުމަށްފަހު، އެވަގުތު އެތަނުގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ވަނީ ބާރަށް ޖައްސާފައެވެ. މި އެކްސިޑެންޓުގައި އެ އޮފިސަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މީގެކުރިން ބުނެފައިވަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޑެލިވަރީ ހިދުމަތްތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުކޮށްފި
2 ދުވަސް ކުރިން

މިދިޔަ ހަފުތާގައި އެކަނިވެސް މަކަރާއި ހީލަތުން 600،000 ރުފިޔާ ފޭރިގަނެފައިވޭ!
7 ދުވަސް ކުރިން

ދަރިވަރަކަށް މީސްމީޑިއާގައި ހަނގާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
16 ދުވަސް ކުރިން


