.jpg&w=3840&q=75)
ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު---
ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުކޮށްފި

ޖިނާން ޙުސައިން ޖަބީން - 22 ނޮވެމްބަރު 2026 - 09:45
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިންގ މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.
ހައިކޯޓުން މިގޮތަށް ކަނޑައަޅައި ހުކުމް ކޮށްފައިވަނީ، މި މައްސަލައިގެ އަޑުއެހުން މިއަދު މެންދުރުފަހު 13:15 ގައި ބޭއްވުމަށް ފަހުގައެވެ. މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އިސްމާއީލް ޝަފީއު، ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.
ޖިންސީ ގޯނާގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ޝާހިދު ގެންގޮސްފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. ޝާހިދު ހައްޔަރުކުރުމަށްފަހު ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޭނާ ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އަދި މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭރު ވަނީ 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރުމަށްވެސް އަމުރުކޮށްފައެވެ. އަދިވެސް އޭނާ ގެންދަވަނީ އެ ބަންދުގެ މުއްދަތު ތަންފީޒުކުރައްވަމުންނެވެ. އެ އަމުރު ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސް ނިންމާލީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
އަނެއްކޮޅުން، ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި މީސްމީޑިއާ މަންސަ އެކްސްގައި ވެސް ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ޝާހިދު ވިދާޅުވީ މިއީ އޭނާގެ އަބުރު ކަތިލުމުގެ މަގުސަދުގައި ސިޔާސީ ގޮތުން ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި، ގާނޫނީ އިޖުރާއަތްތައް ހަމަހަމަކަމާއެކު ހިންގުމަށް ފުރުސަތު ދޭންޖެހޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ: އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފި
2 ދުވަސް ކުރިން

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
8 ދުވަސް ކުރިން

ކުޑަކުއްޖަކާބެހުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ޝާހިދުގެ މައްސަލަ މިއަދު ހައިކޯޓުގައި ބާއްވަނީ
9 ދުވަސް ކުރިން

ޝާހިދު ހައްޔަރުކުރީ ސިޔާސީ ކަމަކާއި ގުޅިގެނެއް ނޫން: ރައީސް
15 ދުވަސް ކުރިން


