logo

ކުޑަކުއްޖަކާބެހުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ޝާހިދުގެ މައްސަލަ މިއަދު ހައިކޯޓުގައި ބާއްވަނީ

profile

ރިޟްވާން މޫސާ - 15 ނޮވެމްބަރު 2026 - 09:07

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ، އިސްތިއުނާފު މިއަދު މެންދުރު ފަހު ފަށަން ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

https://wamco.com.mv/

ހައިކޯޓުގައި މި މައްސަލައިގެ އަޑު އެހުމެއް ބާއްވަން ތާވަލްކޮށްފައިވަނީ މިއަދު މެންދުރު ފަހުގަ އެވެ. ނަމަވެސް މި މައްސަލައިގެ އެއްވެސް ތަފްސީލެއް އަދި މިހާތަނަކަށް ހައިކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

ކުޑަކުއްޖަކަށް ޖިންސީގޯނާކުރި ކަމަށް ބުނެ އަބުދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ މިމަހުގެ ކުރީކޮޅުގަ އެވެ.

ފުލުހުން ޝާހިދު ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓައިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް އަމުރުކޮށްފަ އެވެ.

އެ މައްސަލަ ޝާހިދުގެ ފަރާތުން އިސްތިއުނާފު ކުރިތާ، ހަފްތާއެއްހާ ދުވަސް ފަހުން މިއަދު ފަށަން ތާވަލުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް، މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.

އުމުރުން 64 އަހަރުގެ ޝާހިދު، އެންމެ ފުރަތަމަ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ.

ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ޝާހިދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލުމަށްޓަކައި ފަތުރަމުންދާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ޝާހިދު ހައްޔަރުކުރުމުގެ ފަހަތުގައި އެއްވެސް ސިޔާސީ މަގުސަދެއް ނޯންނާނެ ކަމަށެވެ.

https://wamco.com.mv/
tel:+9607331319