
ދިވެހިރާއްޖޭގެހައިކޯޓް
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 16 ނޮވެމްބަރު 2026 - 11:15
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރަސްމީކޮށް ހުޅުވާލައިފިއެވެ.
ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ، މި މަގާމަށް ޝައުގުވެރިވާ އެންމެހައި ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
މި މަގާމު ހުސްވެފައިވަނީ، ކުރިން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޒު އިބްރާހިމް މާހިރު، މިދިޔަ ސެޕްޓެމްބަރު މަހު މަގާމުން ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
ދިވެހި ރައްޔިތަކު ކަމުގައިވުމާއެކު، ސުންނީ މުސްލިމަކު ކަމުގައިވުން
މީލާދީ ގޮތުން އުމުރުން 25 އަހަރު ފުރިފައިވުން
އިސްލާމީ ޝަރީއާ، ގާނޫނު، ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި، ނުވަތަ މި ދެ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުމާއެކު، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
ގުޅުން ހުރި ޙަބަރުތައް

ސިޓިޒަންޝިޕް ޤާނޫނަށް ބަދަލު ނުގެނެވުމުން ސަރުކާރުން އުޅެނީ އެސްއީޒެޑްގެ ތެރެއިން ރަށްވެހިކަން ދޭން: އިމްރާން
10 ގަޑިއިރު ކުރިން

ރިއަލް އެސްޓޭޓް ބިލަށް ރައްޔިތުންގެ ހިޔާލު ހުށަހަޅަން އަލީ ހުސެއިން ގޮވާލައްވައިފި
11 ގަޑިއިރު ކުރިން

ކަސްޓަމްސް އޮޕަރޭޝަންތަކުގައި ބޮޑީވޯން ކެމެރާ އާއި ސަވައިލަންސް ޑްރޯން ބޭނުންކުރަން ފަށައިފި
12 ގަޑިއިރު ކުރިން

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ސްކޭމް ހިންގި މައްސަލައިގައި އަސްކޮއި ގްރޫޕަށް ދައުވާކުރަން ފޮނުވައިފި
12 ގަޑިއިރު ކުރިން


