
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން / ފޮޓޯ: އަސްލު ޓީވީ
ރިއަލް އެސްޓޭޓް ބިލަށް ރައްޔިތުންގެ ހިޔާލު ހުށަހަޅަން އަލީ ހުސެއިން ގޮވާލައްވައިފި

މުޙައްމަދު ފަޟްލޫން - 22 ނޮވެމްބަރު 2026 - 12:58
ރައްޔިތުންގެ މަޖިލީހުގައި އޮތް ރިއަލް އެސްޓޭޓް ބިލަށް ވީހާވެސް ގިނަ ރައްޔިތުންގެ ހިޔާލު ހުށަހަޅަން ގައުމީ ހަރަކާތުގެ ތަރުޖަމާން އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ގޮވާލައްވައިފިއެވެ.
ގައުމީ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަލީ ވަނީ، ރައްޔިތުންގެ މަޖިލީހުން ރިއަލް އެސްޓޭޓް ބިލަށް އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލާފައިވާތީ އެކަން ފާހަގަކުރައްވައި، ވީހާވެސް ގިނަ ފަރާތްތަކަކުން އެ ބިލަށް އިސްލާހު ހުށަހެޅުމަށް ގޮވާލައްވާފައެވެ.
އަލީ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ރުހުމާއި ތާއީދު ނެތި މި ބިލު ފާސްކުރެވިގެން ނުވާނެއެވެ. އެގޮތުން، ގާނޫނުއަސާސީގެ 261 ވަނަ މާއްދާއަށް އަލިއަޅުއްވާލައްވަމުން އޭނާ ފާހަގަކުރެއްވީ، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނަ ފަދަ އެއްވެސް ބިލެއް ފާސްކުރަންވާނީ ރައްޔިތުންގެ ސީދާ ރުހުން ލިބިގެން ކަމަށެވެ. އަދި މިހާރު ހުށަހެޅިފައިވާ ރިއަލް އެސްޓޭޓް ބިލު އެ އޮތްގޮތަށް ފާސްވެއްޖެނަމަ، ރާއްޖޭގެ ސަރަހައްދަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒަމާނުއްސުރެ ރާއްޖޭގެ ބިމުގެ ފުރިހަމަ މިލްކުވެރިކަން ދެމިއޮތީ ހަމައެކަނި ދިވެހިންނަށްކަން ފާހަގަކުރައްވައި އަލީ ވިދާޅުވީ، ޣައިރު މުސްލިމުންނަށް ރާއްޖޭގެ ބިން ގަނެ މިލްކުކުރުމުގެ ފުރުސަތު ލިބިގެންދިޔުމަކީ ގައުމުގެ ސަރަހައްދަށް އަންނާނެ ވަރަށް ބޮޑު ބަދަލެއް ކަމަށެވެ. އަދި މިއީ އޭގެ ޒާތުގައި ރާއްޖޭގެ ގައުމީ ސަލާމަތަށް ވެސް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އެހެންކަމުން، ރަސްމާލެ މަޝްރޫއުގެ ދަށުން އީގަލް ހިލްސްއަށް ބިން ދިނުމުގެ ކުރިން، އެކަމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް އަލީ ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމަކީ އުފެދުމުގައި ވެސް ބާތިލު، ގާނޫނާ ހިލާފު އެއްބަސްވުމެއް: މަލީހް
6 ގަޑިއިރު ކުރިން

ސިޓިޒަންޝިޕް ޤާނޫނަށް ބަދަލު ނުގެނެވުމުން ސަރުކާރުން އުޅެނީ އެސްއީޒެޑްގެ ތެރެއިން ރަށްވެހިކަން ދޭން: އިމްރާން
6 ގަޑިއިރު ކުރިން

ކަސްޓަމްސް އޮޕަރޭޝަންތަކުގައި ބޮޑީވޯން ކެމެރާ އާއި ސަވައިލަންސް ޑްރޯން ބޭނުންކުރަން ފަށައިފި
8 ގަޑިއިރު ކުރިން

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ސްކޭމް ހިންގި މައްސަލައިގައި އަސްކޮއި ގްރޫޕަށް ދައުވާކުރަން ފޮނުވައިފި
8 ގަޑިއިރު ކުރިން


