logo
އުމްރާއަށް ދާ ބަޔަކު އެއަރޕޯޓްގައި / ފޮޓޯ: ހައްޖު ކޯޕަރޭޝަން

އުމްރާއަށް ދާ ބަޔަކު އެއަރޕޯޓްގައި / ފޮޓޯ: ހައްޖު ކޯޕަރޭޝަން

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ސްކޭމް ހިންގި މައްސަލައިގައި އަސްކޮއި ގްރޫޕަށް ދައުވާކުރަން ފޮނުވައިފި

profile

މުޙައްމަދު ފަޟްލޫން - 22 ނޮވެމްބަރު 2026 - 12:23

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ އޮފީސް) މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފޮނުވައިފިއެވެ.

https://wamco.com.mv/

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އިން އުމްރާއަށް މީހުން ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، އަސްކޮއެ ޓްރެވަލްސްގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރުމަށް ޖުމްލަ 109 މީހަކު ވަނީ ފައިސާ ދައްކާފައެވެ. އަދި އެ ފަރާތްތަކުން ދެއްކި ފައިސާއަށް އެ ކުންފުނިން ޚިޔާނާތްތެރިވެފައިވާކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާއިރު، ޚިޔާނާތްތެރިވި ފައިސާގެ ޖުމްލަ އަދަދު 2،660،300 (ދެ މިލިއަން ހަ ލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ) ރުފިޔާއަށް އަރާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް އުމްރާއަށް ގެންދާނެ ކަމަށް ބުނެ އެކި ގްރޫޕްތަކުން އޮޅުވާލައިގެން ފައިސާ އަތުލާ މައްސަލަތައް އިތުރުވަމުންދާތީ، ސަރުކާރުން މިހާރު ވަނީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުތައް ހަރުދަނާކޮށް، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ވަރުގަދަކޮށްފައެވެ.

https://wamco.com.mv/
tel:+9607331319