
ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ / ފޮޓޯ: އަސްލުޓީވީ
ގައުމީ ހަރަކާތުގެ އެއްވުން 3 ޑިސެމްބަރުގައި ބާއްވަނީ

މުޙައްމަދު ފަޟްލޫން - 22 ނޮވެމްބަރު 2026 - 12:22
އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅަށް ގައުމީ ހަރަކާތުން އިންތިޒާމުކުރާ އެއްވުން ބާއްވާ ތާރީހު ޑިސެންބަރު 3 އަށް އަވަސްކޮށްފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ގައުމީ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، އެ އެއްވުން ކުރިން ބާއްވަން ތާވަލުކުރީ ޑިސެންބަރު 4 ގައެވެ. ނަމަވެސް، އެ ތާރީޚު ބަދަލުކުރަން ޖެހުނީ އެ ދުވަހު މާލޭގައި އެހެން އިވެންޓެއް އޮތުމާ ގުޅިގެން ކަމަށެވެ. އަދި އެ އިވެންޓުގައި، ގައުމީ ހަރަކާތުގެ އެއްވުމުގައި ބައިވެރިވާނެ ގިނަ އަދަދެއްގެ މީހުން ބައިވެރިވާތީ، އެއްވުން ޑިސެންބަރު 3 އަށް ބަދަލުކުރަން ނިންމެވީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫޢު އީގަލް ހިލްސް ކުންފުންޏާ ޙަވާލުކުރުމާ ދެކޮޅަށް ބާއްވަމުން އަންނަ ސިލްސިލާ އެއްވުންތަކުގެ ތެރެއިން، ކުރިއަށް އޮތް ޑިސެމްބަރު މަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ހާއްސަ އެއްވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިމްރާން ވިދާޅުވިއެވެ. އަދި މި އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އޭނާ ވަނީ ދަޢުވަތު އަރުވާފައެވެ.
މީގެއިތުރުން، ރަސްމާލެ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް (ރިފަރެންޑަމަކަށް) ގޮވާލައްވައި އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއުލާންކުރައްވާފައިވާ އިހްތިޖާޖަށް ގައުމީ ހަރަކާތުން ފުރިހަމައަށް ތާއީދުކުރާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އެހެންކަމުން، މި ހިނގާ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެމްޑީޕީން ބޭއްވުމަށް ހަމަޖެހިފައިވާ އިހްތިޖާޖުގައި ގައުމީ ހަރަކާތުގެ އެންމެހައި ބައިވެރިން ބައިވެރިވުމަށް އިމްރާން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަކީ ގައުމީ ފެންވަރުގެ ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ، ދީނާއި ގައުމުގެ ހައްގުގައި ގައުމީ ހަރަކާތުން އިސްނަގައިގެން ކުރިއަށްގެންދާ މި އެއްވުމުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވެވަޑައިގެން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމަކީ އުފެދުމުގައި ވެސް ބާތިލު، ގާނޫނާ ހިލާފު އެއްބަސްވުމެއް: މަލީހް
6 ގަޑިއިރު ކުރިން

ސިޓިޒަންޝިޕް ޤާނޫނަށް ބަދަލު ނުގެނެވުމުން ސަރުކާރުން އުޅެނީ އެސްއީޒެޑްގެ ތެރެއިން ރަށްވެހިކަން ދޭން: އިމްރާން
6 ގަޑިއިރު ކުރިން

ރިއަލް އެސްޓޭޓް ބިލަށް ރައްޔިތުންގެ ހިޔާލު ހުށަހަޅަން އަލީ ހުސެއިން ގޮވާލައްވައިފި
8 ގަޑިއިރު ކުރިން

ކަސްޓަމްސް އޮޕަރޭޝަންތަކުގައި ބޮޑީވޯން ކެމެރާ އާއި ސަވައިލަންސް ޑްރޯން ބޭނުންކުރަން ފަށައިފި
8 ގަޑިއިރު ކުރިން


