logo
ކަސްޓަމްސްގެ އަހަރީ ދުވަސް ފާޙަގަކުރަން ބޭއްވި ޖަލްސާގެ ތެރެއިން

ކަސްޓަމްސްގެ އަހަރީ ދުވަސް ފާޙަގަކުރަން ބޭއްވި ޖަލްސާގެ ތެރެއިން

ކަސްޓަމްސް އޮޕަރޭޝަންތަކުގައި ބޮޑީވޯން ކެމެރާ އާއި ސަވައިލަންސް ޑްރޯން ބޭނުންކުރަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 22 ނޮވެމްބަރު 2026 - 12:23

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯންއާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ރަސްމީކޮށް ފަށައިފިއެވެ.

https://wamco.com.mv/

މި ވަސީލަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ކަސްޓަމްސްގެ ހިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައެވެ.

ކަސްޓަމްސްގެ މަސައްކަތްތަކުގައި އަލަށް ބޭނުންކުރަން ފެށި ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފައިވާ ތަކެއްޗެވެ.

މީގެ އިތުރުން މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

މި ޖަލްސާގައި، ކަސްޓަމްސްގެ 136 އަހަރުވީ ދިގު ތާރީޚުގެ މައްޗަށް ބަލާލާ ތައްޔާރުކޮށްފައިވާ ޚާއްސަ ފޮތެއްވެސް ވަނީ ނެރެފައެވެ. އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ޚިދުމަތުގައި 136 އަހަރު މި ނަމުގައި ނެރުނު މި ފޮތުގައި ކަސްޓަމްސްގެ ތާރީހާއި ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ވަނީ ހިމަނާފައެވެ.

މި ޖަލްސާގައި ކަސްޓަމްސްގެ މުވައްޒަފުންގެ އަގުވަޒަންކޮށް އެކި ދާއިރާތަކުން އިނާމާއި ޝަރަފުގެ ކުލަ ވަނީ އަރުވާފައެވެ. އެގޮތުން، ކަސްޓަމްސްގެ އޮފިސަރުންނަށް ދެވޭ އެންމެ މަތީ ޝަރަފު ކަމަށްވާ 'ރައީސުލްޖުމްހޫރިއްޔާގެ ކުލަ' 4 އޮފިސަރަކަށް ވަނީ އަރުވާފައެވެ.

މީގެ އިތުރުން ކަސްޓަމްސްއަށް 20 އަހަރު ހިދުމަތްކުރެއްވި 29 އޮފިސަރަކަށް ރަން ބެޖު އަރުވާފައިވާއިރު، ހިދުމަތުގައި ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ދޭ ކޮމިޝަނަރ ޖެނެރަލްގެ އެވޯޑު 28 އޮފިސަރަކަށް ވަނީ ހަވާލްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319