
ރައީސް ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ޝާހިދު ހައްޔަރުކުރީ ސިޔާސީ ކަމަކާއި ގުޅިގެނެއް ނޫން: ރައީސް

މުޙައްމަދު ފަޟްލޫން - 09 ނޮވެމްބަރު 2026 - 09:27
ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހައްޔަރުކުރީ ސިޔާސީ ކަމަކާއި ގުޅިގެނެއް ނޫން ކަމަށާއި ޝާހިދުގެ މައްޗަށް ކުރެވެނީ ވަރަށް ސީރިއަސް ތުމުހަތުތަކެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ ޝާހިދުގެ މައްސަލައަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
މިސަރުކާރުން އެއްވެސް ވަރަކަށް ސިޔާސީ ފަރާތްތައް ސިޔާސީ ބޭނުމެއްގައި ހައްޔަރު ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަކީ މިހާތަނަށްވެސް ކޮށްފައިވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ޝާހިދުގެ މައްޗަށް ކުރެވެނީ ކުޑަކުއްޖަކާއި ގުޅުންހުރި ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމައްސަލަ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ބަލާނެ ކަމަށެވެ.
ޝާހިދުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާއި ގުޅިގެން ރައީސް ވިދާޅުވީ އެމީހަކީ ކޮންމެ މީހަކަށްވި ނަމަވެސް ގާނޫނުގައި ތަފާތެއް ގެނެސްގެން ނުވާނެ ކަމަށެވެ.
ގާނޫނު ތަންފީޒު ކުރުމުގައި ކުށްކޮށްގެން ތުހުމަތު ކުރެވޭ މީހަކާއި މެދުގައި ޝަރީއަތް މެދުވެރިކޮށް ގާނޫނު ތަންފީޒުކުރަން ސަރުކާރުން ފުރުސަތު ދޭންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އާންމު އުސޫލުން ކްރިމިނަލް ކޯޓުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ކަނޑައަޅަނީ، ތުހުމަތު ސާބިތުކުރެވޭ މިންވަރަށް ފުލުހުން އެކަށީގެންވާ ހެކި ހުށަހެޅުމާއެކު، މައްސަލައިގެ ބާވަތަށާއި އޭގެ ސީރިއަސްކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.
ޝާހިދުގެ މައްޗަށް ކުރެވިފައިވަނީ ވެސް ނުހަނު ސީރިއަސް ތުހުމަތެކެވެ. އެއީ އިތުބާރު ކުރަންޖެހޭ ފަދަ މަގާމެއްގައި ހުރެ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ.
މިފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެނަމަ، މަދުވެގެން 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑެވެ.
ޝާހިދަކީ މީގެ ކުރީގެ ސަރުކާރުތަކުގައި ހާރިޖީ ވަޒީރު ކަމާއި އދ ގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ނަފްސާނީވާން ދިމާވާ އެންމެ ބޮޑުމައްސަލައަކީ އަޅުވެތިކަން: މައުރޫފް
ގަޑިއިރެއް ކުރިން

އެމްޑީޕީ އިން މިމަހުގެ 26 ގައި ބާއްވާ އެއްވުމަކީ އަހާބަލަ
ގަޑިއިރެއް ކުރިން

އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
2 ގަޑިއިރު ކުރިން

"ކޫލް ސްކޫލް ޕްރޮޖެކްޓް" 103 ސްކޫލެއްގެ މަސައްކަތް އަދިވެސް ނުނިމޭ
6 ގަޑިއިރު ކުރިން


