
ޝަހީދު ހުސައިން އާދަމް ބިލްޑިންގ---
ދަރިވަރަކަށް މީސްމީޑިއާގައި ހަނގާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ޖިނާން ޙުސައިން ޖަބީން - 08 ނޮވެމްބަރު 2026 - 09:35
މެދު ރާއްޖެތެރޭގެ ރަށެއްގެ ސްކޫލެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކަށް އަމާޒުކޮށް، މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހަނގާކުރި މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް ގުޅިގެން، އެހެން ދަރިވަރަކަށް މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހަނގާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހުށަހެޅިފައިވާތީ، މި މައްސަލަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މި މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާ ލިބެމުންދާ ދަރިވަރުގެ ފޮޓޯއާއި ޒާތީ މައުލޫމާތު ހިމަނައިގެން މީސްމީޑިއާގައި ހިންގަމުންދާ ފޭކު އެކައުންޓަކުން އެ ދަރިވަރަށް ފުރައްސާރަކޮށް ހަނގާކުރަމުންދާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އެގޮތުން، އެ ދަރިވަރާ ގުޅުވައިގެން ހަޑިހުތުރު ބަހުން ޓިކްޓޮކްގައި ޕޯސްޓުތައް ލިޔެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވާން ފެށުމާއެކު، އެ ދަރިވަރަށް ހަނގާކުރަން ބޭނުންކުރި ޓިކްޓޮކް އެކައުންޓް ވަނީ ޑިލީޓް ވެސް ކޮށްލާފައެވެ.
މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް، ހަނގާކުރުމުގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލައެކެވެ. ކަމާ ގުޅުންހުރި އިދާރާތަކުން މިފަދަ މައްސަލަތައް ހުއްޓުވުމަށްޓަކައި އެދެވޭ މަސައްކަތްތަކެއް ކުރަމުން ނުދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހަނގާކުރުމުގެ މައްސަލަތަކުގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ނުލިބުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ވެސް ހިނގާ ފަހަރު މަދެއް ނޫނެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
2 ދުވަސް ކުރިން
.jpg&w=3840&q=75)
ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދުގެ ބަންދަށް 30 ދުވަސް!
5 ދުވަސް ކުރިން

އާންމު އުނދަގުލަކަށްވެގެން ހައްޔަރުކުރި ފައިރިޝް، އެންޑީއޭގެ މަރުކަޒަށް ބަދަލުކުރުމުން ފިލައިފި
8 ދުވަސް ކުރިން

ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ސަރަޙައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަނީ
8 ދުވަސް ކުރިން


