logo
ފުލުހުންގެ މައި އިދާރާ---

ފުލުހުންގެ މައި އިދާރާ---

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

profile

ޖިނާން ޙުސައިން ޖަބީން - 06 ނޮވެމްބަރު 2026 - 05:06

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާތީ، އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ބަލަމުން އަންނަ ކަމަށް އެ ހިދުމަތުން ބުނެފިއެވެ.

https://wamco.com.mv/

މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދާދިފަހުން އާންމުވި މި ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނިކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުތައް ދަންނަ އަދި ހުއްދަކުރާ ކަމެއް ނޫން ކަމަށް ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ވަނީ، ދިވެހި ދައުލަތުގެ ދީނަކީ މާތްވެގެންވާ އިސްލާމްދީން ކަމަށްވާތީ، އިސްލާމީ ޝަރީއަތާއި، ގާނޫނުތަކާއި އަދި ދިވެހި މުޖުތަމައުގެ އިޖުތިމާއީ އަދި އަހްލާގީ މިންގަނޑުތަކާ ހިލާފު އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން އެކި ވަޒީފާތަކުގައި ހަރަކާތްތެރިވާ ބިދޭސީ މުވައްޒަފުންވެސް މިފަދަ އަމަލުތައް ހިންގިޔަ ނުދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެއިތުރުން، ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް މިފަދަ ދީނާ ހިލާފު ކަންކަން ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.

https://wamco.com.mv/
tel:+9607331319