logo
އެންޑީއޭގެ ނަންބޯޑު---

އެންޑީއޭގެ ނަންބޯޑު---

އާންމު އުނދަގުލަކަށްވެގެން ހައްޔަރުކުރި ފައިރިޝް، އެންޑީއޭގެ މަރުކަޒަށް ބަދަލުކުރުމުން ފިލައިފި

profile

ޖިނާން ޙުސައިން ޖަބީން - 31 އޮކްޓޯބަރު 2026 - 16:45

މަސްތުވާތަކެތި ބޭނުންކޮށްގެން ހުރެ، އާންމުންނަށް ތަކުރާރުކޮށް އުނދަގޫކުރަމުން ދިޔަ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަހުމަދު ފައިރިޝް، ފަރުވާއަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ މަރުކަޒަށް ބަދަލުކުރުމުން އެ ތަނުން ފިލައިފިއެވެ.

https://wamco.com.mv/

ފައިރިޝްއަކީ މިއަހަރުގެ ކުރީކޮޅު މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ވެސް ކޯޓު އަމުރެއްގެ ދަށުން 15 ދުވަހަށް ބަންދުކުރި މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށުން ކ. ހިންމަފުށީގައި ހުންނަ އެންޑީއޭގެ ރީހެބިލިޓޭޝަން ސެންޓަރަށް ފައިރިޝް ބަދަލުކޮށްފައި ވަނިކޮށް، މިއަދު މެންދުރުފަހުގެ ވަގުތެއްގައި އޭނާ އެ މަރުކަޒުން ފިލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް އޭނާ ފެނިފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފައިރިޝް އެންމެ ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރީ، އޭނާގެ ފަރާތުން އާންމުންނަށް ކުރިމަތިވަމުންދިޔަ ގޯނާތަކާއި އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމަށް އެދި އާންމު ރައްޔިތަކު ފުލުހުންގެ އިދާރާ ކުރިމަތީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށެވެ.

ފިލައިގެން އުޅޭ ފައިރިޝް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319