logo
ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް ބަންދުކުރެވިފައިވާ ސަރަހައްދު---

ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް ބަންދުކުރެވިފައިވާ ސަރަހައްދު---

ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ސަރަޙައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަނީ

profile

ޖިނާން ޙުސައިން ޖަބީން - 31 އޮކްޓޯބަރު 2026 - 11:05

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްޓަކައި، ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދުގެ އެއްގަމާއި ފަޅުގެ ޓްރެފިކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

https://wamco.com.mv/

މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 02 ނޮވެމްބަރު 2026 ގެ ނިޔަލަށެވެ. މި ދުވަސްތަކުގައި އެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރާއި ކަނޑުދަތުރުފަތުރަށް ބައެއް ބަދަލުތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

View post on Twitter

އެގޮތުން މެންދުރުފަހު 15:30 އިން ފެށިގެން އެ ދުވަހެއްގެ ފަރިތަކުރުންތައް ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ. އަދި މެންދުރުފަހު 15:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، އެ ސަރަޙައްދުގެ ފަޅުތެރެ ވެސް އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ފަރިތަކުރުންތައް ކުރިއަށްދާ ވަގުތުތަކުގައި ޓްރެފިކަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން، ދަތުރުފަތުރުކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ މައާފަށް އެދިފައެވެ. އަދި ގައުމީ މިފަދަ މުހިންމު ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކޮށްފައިވެއެވެ.

https://wamco.com.mv/
tel:+9607331319