logo
މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި 3 މީހުން---

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި 3 މީހުން---

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ފިލްމީ ތަރިން ބަންދުން ދޫކޮށްލައިފި

profile

ޖިނާން ޙުސައިން ޖަބީން - 22 އޮކްޓޯބަރު 2026 - 10:35

ވިލިމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަކާއެކު ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

https://wamco.com.mv/

މި ހިނގާ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު ވިލިމާލޭގެ އެޕާޓްމަންޓަކުން ހައްޔަރުކޮށްފައިވަނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ އަހުމަދު އަޒްމީލް (އަޒޭ) އާއި، އިސްމާއީލް ޖުމައިހު (ޖުމާ) ގެ އިތުރުން މުހައްމަދު ވިޝާލް (ރޯމަން) އެވެ. މީގެއިތުރުން އަޒްމީލްގެ ކޮއްކޮ ޝާހިލް މުހައްމަދު ވެސް ވަނީ އެ ތަނުން ހައްޔަރުކޮށްފައެވެ. މި ހުރިހާ އެންމެންގެ މައްޗަށް ވެސް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން، އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ މައްސަލައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފުރިހަމަކޮށް، ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފައެވެ. ތަހުގީގު ނިމުމާ ގުޅިގެން އޭގެ ތެރެއިން ތިން މީހަކު މިހާރު ދޫކޮށްލާފައިވާއިރު، ބަންދުގައި ހުރި ހަމައެކަނި މީހާ ވެސް މިއަދުގެ ވަގުތެއްގައި ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، ޝަރީއަތުގެ މަރުޙަލާގައި އެމީހުން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފިނަމަ، އެ ނިންމުމާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މީގެކުރިން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމީހުން ތިބި ކޮޓަރީގެ މޭޒުމަތިން ފެންނަން ހުންނާނޭހެން މަސްތުވާތަކެތި ބަހައްޓާފައި ހުއްޓެވެ. މީގެއިތުރުން، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޖުމައިހު ފިޔަވައި ދެން ތިބި ތިން މީހުންނަކީ ވެސް މީގެކުރިން ޖިނާއީ އެކި ކުށްތަކުގެ ރެކޯޑު އޮންނަ އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންކަން ކޯޓު ލިޔެކިޔުންތަކުން އެނގެއެވެ.

https://wamco.com.mv/
tel:+9607331319