
ޓްރެފިކް ފުލުހުން މަގުމަތި ބަލަހައްޓަނީ---
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި 4 މީހުން ޑްރަގަށް ޕޮޒިޓިވް: ފުލުހުން

ޖިނާން ޙުސައިން ޖަބީން - 18 އޮކްޓޯބަރު 2026 - 03:09
ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ފުލުހެއްގެ ގައިގައި ޖެއްސި މައްސަލައާ ގުޅިގެން ހައްޔަރުކުރި 4 މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ފަތިހު 04:29 ހާއިރު، ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓްގެ ބެރިކޭޑުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލު ޖެހި، އެތަނުގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖެހުމުގެ ސަބަބުން އޭނާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސައިކަލުގައި ތިބި 2 މީހުންނާއި މިކަމުގައި ބައިވެރިވި އިތުރު 2 މީހެކެވެ. އެމީހުންނަކީ:
- އަހުމަދު މާއިޝް މުހައްމަދު މާހިރު (21 އަހަރު) - ފެނީވާ / ސ. ހިތަދޫ
- އަނޫފް ބިން މުހައްމަދު (21 އަހަރު) - ހ. ފިލްމީސައިޓް / ކ. މާލެ
- އަބްދުﷲ ސައްމާހު ހަސަން ސޯދިގު (20 އަހަރު) - އުއްދަނޑިމާގެ / ހދ. ކުޅުދުއްފުށި
- އަހުމަދު ސިނާޒް (30 އަހަރު) - މަލަ / ކ. ގާފަރު
ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި 4 މީހުންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާއިން އެންމެން ވެސް މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ފުލުހުންގެ ބަޔާނާއި، ސީސީޓީވީ ފުޓޭޖުތަކުގެ އިތުރުން ލިބިފައިވާ އަނިޔާތަކުގެ ފޮޓޯ ރިޕޯޓަށް ބަލާއިރު، އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވެއެވެ.
މި މައްސަލައިގައި ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓުން މި މުއްދަތު ކަނޑައެޅީ، ދިފާއީ ވަކީލަކު ހަމަޖެއްސުމަށް ތުހުމަތުކުރެވޭ ފަރާތްތަކުން އެދިފައިވާތީ އެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް, ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި
14 ގަޑިއިރު ކުރިން

ވީޑިއޯއިން ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް ހިފައިގެން އުޅޭ މަންޒަރު: ފުލުހުން
2 ދުވަސް ކުރިން

އެކްސިޑެންޓްތައް އިތުރުވާތީ ފުލުހުން މަޖިލީހަށް ހާޒިރުކުރަނީ
4 ދުވަސް ކުރިން

ފްލައިޓް ކެންސަލްވުމުން ޕަސެންޖަރުން ރުޅިގަދަވެ، ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިންގައިފި
5 ދުވަސް ކުރިން


