logo

ފްލައިޓް ކެންސަލްވުމުން ޕަސެންޖަރުން ރުޅިގަދަވެ، ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިންގައިފި

profile

ޖިނާން ޙުސައިން ޖަބީން - 14 އޮކްޓޯބަރު 2026 - 09:46

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރޭ ޗައިނާއަށް ފުރަން އޮތް ފްލައިޓެއް ޑިލޭވުމަށްފަހު މިއަދު ހެނދުނު ކެންސަލް ކުރުމާ ގުޅިގެން، އެ ފްލައިޓުން ދަތުރުކުރަން ތިބި ޕަސެންޖަރުން ހިތްހަމަނުޖެހުން ފާޅުކޮށް ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިންގައިފިއެވެ.

https://wamco.com.mv/

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ މާލެއިން ޗައިނާއަށް ފުރަން ހަމަޖެހިފައި އޮތް މި ފްލައިޓް އެތައް އިރެއް ވަންދެން ޑިލޭވުމަށްފަހު، މިއަދު ހެނދުނު ވަނީ ކުއްލި ގޮތަކަށް ކެންސަލްކޮށްފައެވެ. މިކަމާ ގުޅިގެން އެއަރޕޯޓުގައި ތިބި ގިނަ އަދަދެއްގެ ޗައިނާ ފަސިންޖަރުން ރުޅިގަދަވެ އަޑުގަދަކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނާ ދެމެދު ވަނީ ހޫނު ބަހުސްތަކެއް ހިނގައި، ހަމަނުޖެހުމަކަށް ބަދަލުވެފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފްލައިޓެއް ޑިލޭވުމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން އެއަރޕޯޓުގައި އަމާންކަން ގާއިމުކުރުމަށާއި، ކަންކަން ހަމަޖެއްސުމަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް، ފަހުން އެ ސަރަހައްދުގެ މަސްލަހަތު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ކޮންޓްރޯލްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319