
ގެއަކަށް ވަދެ ބިރުދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައެއް!

ޖިނާން ޙުސައިން ޖަބީން - 09 އޮކްޓޯބަރު 2026 - 16:31
ގެއަކަށް ވަދެ ބިރުދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ގ. ބަނަފްސާ މަގުގައި ހުންނަ ގެއަކަށް މޫނު ނިވައިކޮށްގެން ތިބި ދެ ފިރިހެނަކު ވަދެ, އެ ގޭގައި ތިބި ތިން މީހަކު ރަހީނުކޮށް ބިރުދައްކައިގެން ތިން ލައްކަ ރުފިޔާ ވަނީ ފޭރިގަނެފައެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް ފޭރުމާ ގުޅޭ 7،616 މައްސަލަ ހުށަހަޅާފައިވެއެވެ. އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ޖުލައި މަހުއެވެ. އެ މަހު އެކަނި ވެސް ފޭރުމާ ގުޅޭ ޖުމްލަ 1،170 މައްސަލައެއް ހުށަހަޅާފައިވެއެވެ.




