logo
ބަނގުރަލުގެ ވިޔަފާރީގައި ހައްޔަރުކުރި 3 މީހުން / ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ބަނގުރަލުގެ ވިޔަފާރީގައި ހައްޔަރުކުރި 3 މީހުން / ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ބަނގުރަލުގެ ވިޔަފާރިކުރާ ތިން މީހަކު ހައްޔަރުކޮށްފި

profile

އައިޝަތު އިބްރާހިމް - 31 އޯގަސްޓު 2025 - 05:52

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 3 ބިދޭސީން ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރިގޮތުގައި މި އޮގަސްޓު މަހުގެ 27 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގައި ހެންވޭރު ގެއަކާއި ސައިކަލެއް ބަލައިފާސްކުރިއިރު 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާ ތިން މީހުންކަމަށެވެ. އ 3 މީހުންނަކީ އުމުރުން 29 އަހަރުގެ ސެނިތް ހެޝަން ވިކްރަމަސިންހަ އާއި، 39 އަހަރުގެ ދުލިތު މަޑުސާކާ އަދި 24 އަހަރުގެ ޖިނިތަ މަދުރަންގާ ސެނަވިރަތިން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މި 3 މީހުން ވެސް ވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހްގީގުކުރަމުންދާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319