
ރާއްޖޭގައި މަރުވި އިޓަލީގެ 5 ޑައިވަރުން މަރުވީ އޮކްސިޖަން ހުސްވެގެންކަން ހާމަވެއްޖެ

މުޙައްމަދު ފަޟްލޫން - 09 އޮކްޓޯބަރު 2026 - 08:49
ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން އުޅުމުގެ ތެރޭގައި މަރުވި އިޓަލީގެ 5 ފަތުރުވެރިން މަރުވީ އެ މީހުން ބޭނުންކުރަމުންދިޔަ ސިލިންޑަރުތަކުން އޮކްސިޖަން ހުސްވެގެންކަން ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއްޖެއެވެ.
މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ، އިޓަލީގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ ޔުނިވަރސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި، އޭނާގެ ދަރިފުޅު އަދި އެ ޔުނިވަރސިޓީގެ ދަރިވަރެއް ކަމަށްވާ ޖޯޖިއާ ސޮމާކަލް އެވެ.
މީގެއިތުރުން، އެ ޔުނިވަރސިޓީގެ ދެ ރިސާޗަރުން ކަމުގައިވާ މިއުރިއަލް އޮޑެނީނޯ އާއި ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން، އެ މީހުންގެ ޑައިވިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވި ގިއަންލޫކާ ބެނެޑެޓީ ވެސް ވަނީ މި ހާދިސާގައި ފުރާނަ ގެއްލިފައެވެ.
މި ހާދިސާއާ ގުޅޭގޮތުން އިޓަލީގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހެދި ޕޯސްޓްމޯޓަމްގެ ނަތީޖާއިން ދައްކަނީ އެ ފަސް މީހުންވެސް މަރުވެފައިވަނީ އެނޮކްސިއާ ނުވަތަ ހަށިގަނޑުން އެއްކޮށް އޮކްސިޖަން ހުސްވުމުގެ ސަބަބުންނެވެ.
ގެއްލުނު ޑައިވަރުންގެ ހަށިގަނޑުން އެއްވެސް ބާވަތެއްގެ ވިހަ މާއްދާއެއް ފެނިފައިނުވާކަންވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން، ޑައިވަރުން ބޭނުންކުރި އޮކްސިޖަން ސިލިންޑަރުތަކުގައި ހުރި ވަޔަކީ ތަގައްޔަރުވެފައިވާ ވައި ނޫންކަމާއި، ޑައިވްކުރުމުގެ ތެރޭގައި ހޭނެތުން ފަދަ ކުއްލި އެއްވެސް ސިއްހީ މައްސަލައެއް އެއިން އެއްވެސް މީހަކަށް ދިމާވެފައިނުވާކަން ވެސް ތަހުލީލުތަކުން ވަނީ ޔަގީންކުރެވިފައެވެ.
ހަމައެއާއެކު، އެ މީހުން ޑައިވިންގ ކުރި ވަގުތު އެއިން އެއްވެސް މީހަކު މަސްތުގެ ހާލަތުގައި ނެތް ކަމަށާއި، ބޭރުފުށުން އެއްވެސް ޒާތެއްގެ ޖިސްމާނީ ހަމަލާއެއް ނުވަތަ އަނިޔާއެއް އެ މީހުންނަށް ލިބިފައިނުވާކަން ވެސް ޕޯސްޓްމޯޓަމް ރިޕޯޓުން ވަނީ ކަށަވަރުވެފައެވެ.
ޑައިވަރުން މަރުވީ އޮކްސިޖަން ހުސްވެގެންކަން ކަށަވަރުވި ނަމަވެސް، ފުޅިން ގޭސް ހުސްވިއިރު ވެސް އެ މީހުންނަށް ކަނޑުގެ ލޮނުގަނޑުން މައްޗަށް ނޭރި ސަބަބު އަދިވެސް މުޅިން ސާފެއް ނުވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ތަހުގީގީ އިދާރާތަކުން ބޮޑަށް ބުރަވަނީ ކަނޑުއަޑީގެ ހޮހަޅައިގެ ތެރޭގައި އެ މީހުންނަށް މަގުއޮޅުނީ ކަމަށެވެ. އެހެންކަމުން، މި ހާދިސާ ހިނގައިދިޔަ ސީދާ ގޮތް ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ އިތުރު ތަހުލީލުތައް ކުރަމުންދާ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.
މި ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން އެންމެ ފުރަތަމަ އެމްއެންޑީއެފުން ފެށި ނަމަވެސް، ފަހުން އެ މަސައްކަތް ކުރިއަށްގެންދިޔައީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑުގެ ހާއްސަ ތަޖުރިބާކާރުންގެ ޓީމަކާ ގުޅިގެންނެވެ.
ދިވެހި ސަރުކާރާއި އިޓަލީ ސަރުކާރުން ކުރި މަސައްކަތުން ގެއްލުނު ޑައިވަރުންގެ ހަށިތައް ފެނިފައިވަނީ މިއަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

“ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް” ކޯހުގެ ތިން ވަނަ ބެޗް ދަސްވެނިވެއްޖެ
34 މިނިޓު ކުރިން
.webp&w=3840&q=75)
މެލޭޝިޔާ އެކްސިޑެންޓާއި ގުޅިގެން ޑްރައިވަރުގެ މައްޗަށް 3 ދައުވާ އުފުލައިފި
36 މިނިޓު ކުރިން

ޑިޕްރެޝަން ތަހައްމަލުކުރާ މީހުން ރާއްޖޭގައި ނިސްބަތުން ގިނަ: ހެލްތު މިނިސްޓްރީ
36 މިނިޓު ކުރިން

ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލްސް ހިލްސްއަށް ދިނުމާ ދެކޮޅަށް މުޅި ޤައުމު އެކީ ތެދުވަންޖެހޭ!
38 މިނިޓު ކުރިން


