
ހ. މާދޫގެއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ، ބަނގުރަރުގެ ވިޔަފާރިކުރި 2 މީހަކު ހައްޔަރުކޮށްފި

ޖިނާން ޙުސައިން ޖަބީން - 12 އޮކްޓޯބަރު 2026 - 08:28
މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް، ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ހ. މާދޫގެއިން ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް އަތުލައިގަނެ، މި ވިޔަފާރިއާ ގުޅުންހުރި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުންގެ މައުލޫމާތު ދީފައިވާ ގޮތުގައި، މާލެތެރެއަށް ބަނގުރާ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންދާ ކަމަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން، ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މި ހާއްސަ އޮޕަރޭޝަން ރޭގެ ވަގުތެއްގައި ވަނީ ފަށައިފައެވެ. މި އޮޕަރޭޝަންގެ ތެރެއިން ހ. މާދޫގެ ބަލައި ފާސްކޮށްފައިވަނީ އެގޭގެ އެއްވަނަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދާ ފަރާތްތަކެއް މި އޮޕަރޭޝަންގެ ތެރެއިން ވަނީ ދެނެގަނެވިފައެވެ.
އޮޕަރޭޝަން ކުރިއަށްދަނިކޮށް ނޫސްވެރިންނަށް އެތަނަށް ވައްދައި، އަތުލައިގަނެފައިވާ ތަކެތި ވަނީ ދައްކާލައިފައެވެ. އެގޮތުން، އެގޭގެ ފުރަތަމަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކާއި އެކި ބްރޭންޑުތަކުގެ ބަނގުރާ ފެނިފައިވެއެވެ. ހަމައެހެންމެ، ފަސްވަނަ ފަންގިފިލާއިން ވެސް ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދެ ބިދޭސީންނެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މާލެތެރޭގައާއި ރަށްރަށުގައި ބަނގުރާ ގެންގުޅެ ވިޔަފާރިކުރާ ފަރާތްތައް ދެނެގަތުމަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރި ބަންގްލަދޭޝްގެ 3 މީހަކު ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން

ގެއަކަށް ވަދެ ބިރުދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައެއް!
4 ދުވަސް ކުރިން

މަސްތުވާތަކެއްޗާއެކު މަޝްހޫރު 3 ފިލްމު ސްޓާރުން ވިލިމާލެއިން ހައްޔަރުކޮށްފި
5 ދުވަސް ކުރިން

ބަނގުރަލުގެ ވިޔަފާރިކުރާ ތިން މީހަކު ހައްޔަރުކޮށްފި
އަހަރެއް ކުރިން


