
ހުޅުމާލޭ ފުރަތަމަ ފިޔަވަހި---
ވީޑިއޯއިން ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް ހިފައިގެން އުޅޭ މަންޒަރު: ފުލުހުން

ޖިނާން ޙުސައިން ޖަބީން - 16 އޮކްޓޯބަރު 2026 - 18:19
ހުޅުމާލޭގެ މަގެއްމަތީގައި ބަޔަކު ބަޑިތަކެއް ހިފައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނިކޮށް، އެއީ އަސްލު ހަތިޔާރުތަކެއް ނޫން ކަމަށާއި ކުޅޭކުޅޭ ބަޑިތަކެއްކަން ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރުކޮށްދީފިއެވެ.
ފުލުހުން ބުނި ގޮތުގައި، މި ވީޑިއޯ ސަމާލުކަމަށް އައުމާއެކު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ. އަދި މިހާތަނަށް ކުރެވުނު ތަހުގީގުން، މިއީ މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގާފައިވާ ކަމެއްކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ހުޅުމާލެ ޕެޓްރޯލް ކުރަމުންދިޔަ ޓީމަކަށް އެ ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު ރުއްގަނޑު 2 ސަރަހައްދުން ފެނިގެން ވަނީ ހުއްޓުވާފައިވާ ކަމަށާއި، އަދި އެވަގުތު ކާރު ދުއްވަން އިން ފަރާތާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ އުޅަނދެއްކަން އެނގުމާ ގުޅިގެން، ކާރު ކުއްޔަށް ހިފި ފަރާތް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ، ސުވާލުކުރެވުނު ފަރާތުގެ ބަޔާނުން ވީޑިއޯއިން ފެންނަ ބަޑިތަކަކީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ގެންގުޅުނު ކުޅޭކުޅޭ ބަޑިތަކެއްކަން ހާމަވެފައިވާ ކަމަށެވެ. މި ހާދިސާގައި ބޭނުންކުރި ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފްލައިޓް ކެންސަލްވުމުން ޕަސެންޖަރުން ރުޅިގަދަވެ، ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިންގައިފި
3 ދުވަސް ކުރިން

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރި ބަންގްލަދޭޝްގެ 3 މީހަކު ހައްޔަރުކޮށްފި
3 ދުވަސް ކުރިން

ފުޅާ ދާއިރާއެއްގައި ބަނގުރަރުގެ ވިޔަފާރިކުރި 2 މީހަކު ހައްޔަރުކޮށްފި
5 ދުވަސް ކުރިން

ގެއަކަށް ވަދެ ބިރުދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައެއް!
7 ދުވަސް ކުރިން


