
ހަސަން ޒިހާން---
ދައުލަތުގެ 3 އިދާރާއެއްގައި ހުޅުޖަހަން ހިތްވަރުދިން ޒިހާންގެ ބަންދަށް 15 ދުވަސް

ޖިނާން ޙުސައިން ޖަބީން - 21 އޮކްޓޯބަރު 2026 - 16:35
ދައުލަތުގެ ތިން ބާރު ހިންގާ އިދާރާތަކުގައި ހުޅުޖެހުމަށް މީސްމީޑިއާގައި ގޮވާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދަޑިމަގު، އަނޯނާގެ، އުމުރުން 42 އަހަރުގެ ހަސަން ޒިހާނެވެ. އޭނާއަކީ އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓެއްގެ އިތުރުން، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ޒިހާން ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ރަށް ކަމަށްވާ ޏ. ފުވައްމުލަކުންނެވެ. އަދި އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގަށްޓަކައި ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ޒިހާން ހައްޔަރުކުރީ އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް، އިނގިރޭސި ބަހުން ކުރި ޕޯސްޓެއްގައި ދައުލަތުގެ މުހިއްމު އިމާރާތްތަކެއް އަންދާލަން ގޮވާލުމާ ގުޅިގެންނެވެ. އެގޮތުން، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. އަދި ދައުލަތުގެ އެންމެ މަތީ ތިން ބާރު ހިންގާ މި މައި އިދާރާތަކުގައި އަލިފާން ރޯކޮށްލުމަކީ ވަރަށް މަޖާ ކަމަކަށް ވާނެ ކަމަށް ބުނެ، އޭނާ ވަނީ އެފަދަ އަމަލުތަކަށް ހިތްވަރު ވެސް ދީފައެވެ.
ދައުލަތުގެ މުއައްސަސާތަކަށް އަމާޒުކޮށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ހިތްވަރުދީ، ގޮވާލުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ސީރިއަސް ޖިނާއީ ކުށެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިނގިރޭސި މާއްދާގެ ލިސަނިންގ އިމްތިހާނު އޮންނާތީ މާދަމާ މާލޭ ސްކޫލްތައް ކައިރީގެ މަގުތައް ބަންދުކުރަނީ
2 ދުވަސް ކުރިން

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް, ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި
4 ދުވަސް ކުރިން

"ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން ޑްރަގަށް ޕޮޒިޓިވް"
4 ދުވަސް ކުރިން

ވީޑިއޯއިން ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް ހިފައިގެން އުޅޭ މަންޒަރު: ފުލުހުން
5 ދުވަސް ކުރިން


