logo
ހިރިޔާ ސްކޫލް---

ހިރިޔާ ސްކޫލް---

އިނގިރޭސި މާއްދާގެ ލިސަނިންގ އިމްތިހާނު އޮންނާތީ މާދަމާ މާލޭ ސްކޫލްތައް ކައިރީގެ މަގުތައް ބަންދުކުރަނީ

profile

ޖިނާން ޙުސައިން ޖަބީން - 20 އޮކްޓޯބަރު 2026 - 10:25

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އައިޖީސީއެސްއީ އިނގިރޭސި މާއްދާގެ ލިސަނިންގ އިމްތިހާނާ ގުޅިގެން، މާލޭގެ ސެކަންޑަރީ ސްކޫލްތައް ހުންނަ ސަރަހައްދުތަކުގެ މަގުތައް ވަގުތީގޮތުން އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ނިންމައިފިއެވެ.

https://wamco.com.mv/

އިނގިރޭސި މާއްދާގެ ލިސަނިންގ އިމްތިހާނު އޮންނާނީ މިހިނގާ އޮކްޓޫބަރު މަހުގެ 21 ވާ ބުދަ ދުވަހުގެ ހެނދުނު 09:15 އިން ފެށިގެން 10:30 އާ ހަމައަށެވެ. މަގު ބަންދުކުރެވިފައިވާ ވަގުތުތަކުގައި، އެ ސަރަހައްދުތަކުން ދަތުރުފަތުރު ކުރުން މަނާ ވާނެއެވެ.

View post on Twitter

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އިމްތިހާނު ކުރިއަށްދާ ވަގުތު އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި، އެ ސަރަހައްދުތައް ބޭނުންކުރާ އެންމެހައި ފަރާތްތަކުން އިމާރާތްކުރުމުގެ މަސައްކަތްތައް ފަދަ ބާރު އަޑުތައް އުފެދޭ އެންމެހައި ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި މަގުތައް ބަންދުކުރުމާ ގުޅިގެން ދަތުރުފަތުރުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދިފައެވެ.

https://wamco.com.mv/
tel:+9607331319