logo
ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު---

ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު---

އަލިފާނުގެ ހާދިސާގެ ތަޙުގީގަށް ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ފުނަދޫއަށް!

profile

ޖިނާން ޙުސައިން ޖަބީން - 26 އޮކްޓޯބަރު 2026 - 07:25

ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި އާދިއްތަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ ތަހުގީގުކުރުމަށް ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހާއްސަ ޓީމެއް މިއަދު އެ ރަށަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

https://wamco.com.mv/

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެ ޓީމުން ފުނަދޫއަށް ގޮސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމާ ގުޅޭ މަސައްކަތްތައް ކުރާނެއެވެ.

ފުލުހުން ބުނީ، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު މިހާރު ކޯޑަންކޮށް ބަންދުކޮށްފައިވާ ކަމަށާއި، ހާދިސާ ހިނގި ސީން ޕްރޮސެސްކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. މި ހާދިސާގައި ޕެޓްރޯލް ޝެޑުގެ އިތުރުން ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި ގުދަނަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. މީގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް ވެސް އަލިފާނުގެ އަސަރުކޮށް އެތަންތަން ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ޖުމްލަ 20 މީހަކަށް އަނިޔާވެ، ސިއްހީ ފަރުވާ ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ފަރުވާ ދިން މީހުންގެ ތެރޭގައި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ފަރުވާ ދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ. ބާކީ ތިބި މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުންނެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މި ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން، މި 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު 5 ދުވަހުގެ މުއްދަތަށް ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދިނެވެ.

https://wamco.com.mv/
tel:+9607331319