logo

އަލިފާނުގެ ހާދިސާ އާއި ގުޅިގެން 33 މީހަކު އެހެންތަންތަނަށް ބަދަލުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 25 އޮކްޓޯބަރު 2026 - 13:20

ށ ފުނަދޫގެ ޕެޓްރޯލް ޝެޑެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 33 މީހަކު އެހެންތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

މިހާދިސާގައި ޕެޓްރޯލް ޝެޑް ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާއިރު ރަށުގެ 4 ގެއަކަށާއި، ފަސް ގަރާޖަކަށް ވެސް ވަނީ އަލިފާނުގެ އަސަރު ފޯރާފަ އެވެ.

އެންޑީއެމްއޭ އިން ބުނެފައިވަނީ އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ 5 ގެއާއި 4 ވޯކްޝޮޕާއި ގުދަނަކަށް ކަމަށެވެ.

އަލިފާނުގެ އަސަރުކުރި ތަންތަނުގެ ތެރެއިން 1 ގެއަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން މިހާތަނަށް 20 މީހަކަށް ފުނަދޫ ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ އެމްޑީއެމްއޭ އިން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާގައި ހޮސްޕިޓަލްގައި ފަރުވާދިން މީހުންގެ ތެރޭގައި ހިމެނެނީ އަލިފާނުގެ އަސަރުކޮށްގެން ފަރުވާދިން 8 މީހަކާއި ދުމުގެ އަސަރުކޮށްގެން ފަރުވާދިން 2 މީހުންގެ އިތުރުން އެހެނިހެން އަސަރުކޮށްގެން ފަރުވާދިން 10 މީހެކެވެ.

މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ އެންމެ މީހަކަށް ކަމަށާއި އެހެން އެންމެން މިއަދު މެންދުރުފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

ފުނަދޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319