
ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކުރުން
ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 25 އޮކްޓޯބަރު 2026 - 13:20
އޮންލައިންކޮށް ހިންގި 32،000 ރުފިޔާގެ ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް، ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ވެލަސްފަރުގެ މާލެ، ޙުސައިން ސާމިރު (40އ) އާއި، ދަފްތަރު. ނަންބަރު ރސ 6007 މާލެ، މުޙައްމަދު ރީޙާން (33އ) އާއި، ޖޯޖެޑްވިލާ މާލެ، އަޙްމަދު ސުޖާއު (46އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ސާމިރު (40އ) އާއި، އަހްމަދު ސުޖާއު (46އ) 15 ދުވަހަށް އަދި މުޙައްމަދު ރީޙާން (33އ) ހަތްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިން މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު ހިއްސާނުކުރުމަށާއި، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ނަސްރުގެ ދުވަހާއި ގުޅިގެން އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ
6 ގަޑިއިރު ކުރިން

"ގޯގްރީން 2026" ހަރަކާތް އދ. މަހިބަދޫގައި ކުލަގަދަކޮށް އިފްތިތާޙްކޮށްފި
6 ގަޑިއިރު ކުރިން

އަލިފާނުގެ ހާދިސާ އާއި ގުޅިގެން 33 މީހަކު އެހެންތަންތަނަށް ބަދަލުކޮށްފި
6 ގަޑިއިރު ކުރިން

ގްރީން ޓެކްސް ނިޒާމާއި ގުޅުމަށް މީރާއިން ދީފައިވާ ސުންގަޑިތަކަށް ބަދަލު ގެނެސްފި
6 ގަޑިއިރު ކުރިން


