.jpg&w=3840&q=75)
ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު---
ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދުގެ ބަންދަށް 30 ދުވަސް!

ޖިނާން ޙުސައިން ޖަބީން - 03 ނޮވެމްބަރު 2026 - 10:49
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ޝާހިދު ގެންގޮސްފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ފުލުހުން ބުނީ، ހ. ރަބީއީމަންޒިލް، އަބްދުﷲ ޝާހިދު (64އ) ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފައި މިވަނީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އޭނާ ރަސްމީކޮށް އިއުލާނު ކުރައްވާފައި ވަނިކޮށެވެ. އަދި އޭނާ ގެންދެވީ އެ އިންތިހަބުގެ ކެމްޕޭން ހަރަކާތްތައް ފައްޓަވައި، މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށަށް ޒިޔާރަތްކުރައްވަމުންކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، މިއީ ދައުލަތުގެ މަތީ މަގާމެއް އަދާކުރައްވާފައިވާ އިސް ބޭފުޅަކު މިބާވަތުގެ ސީރިއަސް ކުށެއްގެ ތުހުމަތުގައި ރާއްޖޭގައި ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
ގުޅުން ހުރި ޙަބަރުތައް

"ބައްޕަގެ މިޒާޖު ވަރަށް ރަނގަޅަށް ދަންނަން، ކުރެވޭ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް"
5 ގަޑިއިރު ކުރިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަބުދުﷲ ޝާހިދު ހައްޔަރުކޮށްފި
11 ގަޑިއިރު ކުރިން

އާންމު އުނދަގުލަކަށްވެގެން ހައްޔަރުކުރި ފައިރިޝް، އެންޑީއޭގެ މަރުކަޒަށް ބަދަލުކުރުމުން ފިލައިފި
3 ދުވަސް ކުރިން

ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ސަރަޙައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަނީ
3 ދުވަސް ކުރިން


