
ޝާހިދުގެ ދަރިކަލުން ޔަމީން ޝާހިދު---
ބައްޕަގެ މިޒާޖު ވަރަށް ރަނގަޅަށް ދަންނަން، ކުރެވޭ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް: ޔަމީން ޝާހިދު

ޖިނާން ޙުސައިން ޖަބީން - 03 ނޮވެމްބަރު 2026 - 10:56
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިންގ މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމާ ގުޅިގެން، މުޅި އާއިލާ ސާބިތުކަމާއެކު އޮތީ ބައްޕަގެ ދިފާއުގައި ކަމަށް އޭނާގެ ދަރިކަލުން ޔަމީން ޝާހިދު ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރި ޕޯސްޓެއްގައި ޔަމީން ބުނީ، ބައްޕަގެ މިޒާޖާއި، ގަބޫލުކުރައްވާ ހަމަތަކާއި އަދި އޭނާއަކީ ކޮން ކަހަލަ ބޭފުޅެއްކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި ބައްޕަގެ މައްޗަށް ކުރެވޭ ފަދަ ދަށު ދަރަޖައިގެ އަމަލެއް ދުވަހަކުވެސް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، މި ދަނޑިވަޅުގައި މުޅި އާއިލާ ސާބިތުކަމާއެކު އޮތީ ބައްޕައާއެކުގައި ކަމަށް ބުންޏެވެ.
މި ތުހުމަތުތަކަކީ އަބުރު ކަތިލުމަށްޓަކައި ސިޔާސީ މަގުސަދެއްގައި ކުރަމުންދާ ކަމެއް ކަމަށް ޝާހިދު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައިވާކަން ފާހަގަކުރަމުން ޔަމީން ވިދާޅުވީ، ބައްޕަ ހައްޔަރުކުރި މަންޒަރު ފެނިގެންދިޔައީ ނުހަނު ހިތްދަތި ގޮތަކަށް ކަމަށާއި، ކަންކަން ހިނގައިދިޔަ ގޮތުން ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށެވެ. އެހެންކަމުން، ގާނޫނީ އިމުގެ ތެރެއިން އިންސާފުވެރިކަމާއެކު ޝަރުއީ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށާއި، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ފުރުސަތު ޝާހިދަށް ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް ޔަމީން ވިދާޅުވިއެވެ.
ޝާހިދު ހައްޔަރުކޮށްފައިވަނީ އޭނާއާ އާއިލީ ގުޅުން އޮންނަ 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ އަނިޔާ ލިބުނު ކުއްޖާއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށް، ތަހުގީގު ކުރިއަށްދާ ކަމަށެވެ. މިއީ ދައުލަތުގެ މިފަދަ މަތީ މަގާމެއް އަދާކުރައްވާފައިވާ އިސް ބޭފުޅަކު މިބާވަތުގެ ސީރިއަސް ކުށެއްގެ ތުހުމަތުގައި ރާއްޖޭގައި ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދުގެ ބަންދަށް 30 ދުވަސް!
5 ގަޑިއިރު ކުރިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަބުދުﷲ ޝާހިދު ހައްޔަރުކޮށްފި
11 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ރާއްޖެޓީވީގެ ނޫސްވެރިންނަށް ދިން ހަމަލާ އަބްދުﷲ ޝާހިދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި
މަހެއް ކުރިން

އިދިކޮޅު އެމްޑީޕީން މަގުމަތީ ހަރަކާތްތަކަށް ތައްޔާރުވަނީ
2 އަހަރު ކުރިން


